މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު އެސޯސިއޭޓް ކައުންސިލް އޮފިސަރ( މުނިސިޕަލް)

އިޢުލާނު

 

މަޤާމު:

އެސޯސިއޭޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-379939

ބޭނުންވާ އަދަދު:

1  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީއެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުނިސިޕަލް ސަރވިސް ސެކްޝަން / މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ

މުސާރަ:

5,020.00        (ފަސްހާސް ވިހި ރުފިޔާ)

ސަރވިސް އެލަވަންސް:

1500.00         (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ސަޕޯޓިން ކޯ އެލަވަންސް

700.00        (ހަތްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް ( މަޤާމަށް ކަނޑައެޅިފައިވާ އަސާސީ މުސާރައިގެ 35% )
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
  4. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ލޭންޑް ޔޫސް ޕްލޭން ގައި ފާހަގަ ކޮށްފައިވާ ޕްރޮޖެކްޓް ހަރަކާތްތައް ކުރިއަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ކައުންސިލަށް ހަމަޖެއްސުމާއި ޕީއެސްއައިޕީގެ ދަށުން ރަށުގައި ހިންގާ ހުރިހާ ޕްރޮޖެޓްގެ މައުލޫމާތު އަޕްޑޭޓްކުރުމާއި ސުޕަވައިޒްކުރުން.
  4. ސެކްޝަނަށް ލިބޭ ސިޓީ މެސެޖްތަކަށް ޤަވާއިދާއި އެއްގޮތަށް ތެދުމަޢުލޫމާތު އެއްކޮށް ސެކްޝަނަށް ލިބޭތާ 03 ދުވަހުގެ ތެރޭގައި ޖަވާބުފޮނުވުން، ކައުންސިލަށް ހުށަހަޅައިގެން ޖަވާބު ހޯދަންޖެހޭ ސިޓީ އަކަށް ވާނަމަ ކައުންސިލް ބިއުރޯ މެދުވެރިކޮށް ޖަވާބު ހޯދުމާއި އަދި ކައުންސިލް ބިއުރޯއިން ޖަވާބު ނުލިބި ލަސްވާނަމަ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ސަމާލުކަމަށް އެކަން ގެނެސް ކައުންސިލުން ޖަވާބު ލިބޭތާ 02 ދުވަސް ތެރޭ ސިޓީ މެސެޖްތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  5. ލޭންޑް ޔޫސްގައި ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ވަކިން ފްރޮގްރާމް/ ޕްޖެކްޓްސް ލިޔެ ތައްޔާރުކޮށް ފައިސާއާއި އެހީތެރިކަން ހޯދުން.
  6. ޤައުމީ ތަރައްޤީގެ ޕްލޭން / އެކްޝަން ޕްލޭނުގެ ދަށުން ސިޓީގައި، އަތޮޅުގައި ނުވަތަ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުން.
  7. ސިޓީގެ، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްގީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމުގައި އެހީތެރިވެދިނުން.
  8. ލޭންޑް ޔޫސް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާ ކުރުމާއި ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރާނެ އެންމެ ފައިދާހުރި ގޮތްތައް ދިރާސާ ކުރުމާއި އެކަމުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރުން.
  9. ރަށުގެ މަގުތަކާއި ގޯޅިތައް ކޮނުމަށް ހުއްދަ ދޭ ފަރާތްތަކުން ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދޭތޯ ބަލާ ޗެކުކުރުން
  10. ރަށުގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްޤީއަށް ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރ ކުރުމާއި ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ކައުންސިލާ މައުލޫމާތު ހިއްސާކުރުމާއި ދިމާވާ މައްސަލަތައް ހައްލުކޮށް ރެކޯޑް ބެލެހެއްޓުން
  11. ރަށުގެ ފަޅާއި، އެއަރޕޯޓާ ގުޅުން ހުރި ކަންކަން ބެލެހެއްޓުމާއި ތަރައްޤީ ޕްރޮޖެކްޓްތައް ދިރާސާކޮށް ރަށުގެ ތަރައްޤީއަށް މަގުފަހިވާނެ ފަދައިން ޕްރޮޖެކްޓްތައް ރާވާލުމުގެ ދިރާސާ ކުރުން
  12. ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ކައުންސިލުން ފޯރުކޮށްދޭ އެނެމްހާ ޚިދުމަތްތަކާ ގުޅޭ އުސޫލުތަކާއި ޤަވާއިދުތައް ތައްޔާރުކުރުމާއި ކަމާބެހޭ މުވައްސަސާތަކުގެ ލަފާ އެހުމާއި އުސޫލުތައް ފާސްކޮށް އާންމުކުރުން
  13. ކުއްޔަށް ދޫކޮށްފައި ހުންނަ ބިންތަކުގެ ޕްރޮގްރެސް އާއި ގުޅޭ ގޮތުން އެކުލަވާލެވޭ ރިޕޯރޓް ޝެކްޝަންގައި މަޝްވަރާކޮށް، ޔައުމިއްޔާކުރުން
  14. ކައުންސިލަށް އާމްދަނީ ހޯދޭނެ ދާއިރާތައް ދިރާސާކުރުމާއި އެކަމުގެ މައުލޫމާތާއި މަޝްވަރާ ކައުންސިލާ ހިއްސާކުރުމާއި ކައުންސިލްގެ ފައިނޭންޝިއަލް އަދި ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި ފަންނީ ލަފާދިނުން
  15. ރަށުގެ ޤުދުރަތީ ވަސީލަތްތަކާއި އާޘާރީ ތަރިކަ ހިމާޔަތްކުރުމާއި ގޮނޑުދޮށްތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ޕްލޭންތައް ކުރުމާއި އެކަންކަމާ ގުޅޭ އުސޫލުތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން
  16. ލޯކަލް ޓޫރިޒަމަށް ދޫކުރެވިފައިވާ ބިންތަކާއި އެބިންތަކުގައި ކުރެވޭ ވިޔަފާރިތަކުގެ ޙާލަތާއި ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް ބިންތައް ބޭނުންކުރެވެމުންދާކަން ކަށަވަރުކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުނުވާނެ ފަދައިން ޓޫރިޒަމް ވިޔަފާރި މެނޭޖްކުރުން
  17. ރަށުގައި ތަރައްޤީކުރާ ގެސްޓް ހައުސްތަކާއި ވިޔަފާރިތައް ޗެކްކުރުމާއި އެކަމާގުޅޭ ރެކޯޑް ބެލެހެއްޓުމާއި ކައުންސިލުން ދޫކުރާ ހުއްދަތައް ޗެކްކޮށް ދޫކުރުމާއި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން
  18. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕްރީސުކޫލް ހިންގުމަށް ބޭނުންވާ އިދާރީ އެންމެހާ މަސައްކަތްތައް ކުރުމާއި މީމިސް މެދުވެރިކޮށް ކުދިންގެ މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އެންރޯލްމަންޓް ފޯމް ބަލައިގަތުމާއި އަދި ސުކޫލް ލީވިންގ ސެޓްފިކެޓް ތައްޔާރުކުރުން
  19. ޕްރީސުކޫލްގައި ހިންގާ އިތުރު ހަރަކާތްތައް ޓީޗަރުންގެ ޚިޔާލާއެކު އިންތިޒާމްކުރުމާއި އިވެންޓްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ތަކެތި ބަޖެޓް މެދުވެރިކޮށް ހޯދުމާއި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސުކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ނ.މާފަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 20 ފެބުރުއަރީ 2025 އާއި 24  ފެބުރުއަރީ 2025 އާ ދެމެދު، ނ.މާފަރު ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް ޕޮއިންޓް ދިނުމުގެ ކްރައިޓީރިއާ

 

އަސާސީ ޝަރުތު ހަމަވުމުން ދެވޭ ޕޮއިންޓް

30

ޝަރުތު ހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ 5 ޕޮއިންޓް

5

މަސައްކަތުގެ ތަޖުރިބާގެ ބައި

5

އިމްތިޙާން

25

އިންޓަރވިއު

35

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560005 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

05 ފެބުރުވަރީ 2025
ހޯދާ