ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ރުއްތައް ވަރުވާއަށް ދޫކުރުމަށް ހުޅުވާލައިފީމެވެ.
- A (އޭ) ރުއްގަނޑު (ފުނަގަސްމަގުން ކާނިމަގާ ދެމެދު މިރިހިގޯޅީގެ ހުޅަނގު ފަރާތުގައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 10 ރުއް
- B (ބީ) ރުއްގަނޑު (ފުނަގަސްމަގުން ކާނިމަކާދެމެދު ދަންޑެހެލު ހިނގުމަށް ވާގޮތަށްހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 10 ރުއް
- H (އެޗް) ރުއްގަނޑު (މަޖީދީމަގުގެ އުތުރުން މިރިޔާސް ގޯޅީގެ ދެކުނުގައި ލޯކަލްމާކެޓް އާއި ދިމާލަށްވާގޮތަށްހުރި H ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 21 ރުއް
- M (އެމް) ރުއްގަނޑު (ބަނދަރު ސަރަހައްދުގައި Mޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 20 ރުއް
- V (ވީ) ރުއްގަނޑު (ދަންޑެހެލު ހިނގުމުން "ނޭހާ"ގޭ އުތުރު ކަންމަތިން ފެށިގެން އެމަގުގެ ދެކުނުނަށް، އަނބު ގޯޅީގެ ނިޔަލަށް V ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 11 ރުއް
- W (ޑަބްލިޔު) ރުއްގަނޑު (އަނބު ގޯޅި ދެކުނު ކަންމަތިން ފެށިގެން އަމީނީ މަގުގެ ނިޔަލަށް W ޖަހާފައިހުރި ރުއްތައް) ގައި ހިމެނޭ ފޯދުނު 14 ރުއް
މި ރުއްތައް ވަރުވާކޮށްދެވޭނީ 02 އަހަރު ދުވަހުގެ މުއްދަތަށެވެ. 02 އަހަރުވުމުން އެފަރާތްތަކުން ރުއްގަނޑު ވަކިވާނެއެވެ. ރުއްގަނޑު ވަރުވާކުރައްވާ ފަރާތްތަކުން ކަނޑައެޅޭ ޝަރުތުތަކާއި އެއްގޮތަށް 02 އަހަރުވަންދެން 06 މަހުން 06 މަހުން ވަރުވާދައްކައިގެން އެލިޔުއްވި ރުއްގަނޑެއް ބަލަހައްޓަންވާނެއެވެ. ކޮންމެ ރުއްގަނޑަކަށްވެސް އަގުހުށަހަޅުއްވަންވާނީ 06 މަހުން 06 މަހުން ވަރުވާދައްކައިގެން 02 އަހަރުދުވަހުގެ މުއްދަތަށް ރުއްގަނޑު އެބޭފުޅަކަށް ބެލެހެއްޓޭނޭފަދަ އަގަކަށެވެ. ކޮންމެ ރުއްގަނޑެއްވެސް ލިބޭނީ އެންމެ މަތީ އަގު ހުށަހަޅުއްވާ ފަރާތަކަށެވެ. އަދި އެންމެ މަތީއަގު އެއްފަރާތަށްވުރެ ގިނަފަރާތުން ހުށަހަޅުއްވާފައިވާނަމަ، އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ރުއްގަނޑު ލިބޭ ފަރާތެއް ހޮވޭނެއެވެ.
ރުއްތައް ވަރުވާ ކުރުމުގެ ޝަރުތުތައް:-
- މަދުވެގެން 03 މަހުން 01 ފަހަރު ރުއްގަނޑުގައި ހިމެނޭ ހުރިހާ ރުއްތައް ސާފުކޮށް ހެޔޮގޮތުގައި ރުއްތައް ބެލެހެއްޓުން.
- ލިޔުއްވައިގެން އުޅޭ ރުއްގަނޑުގައި ހިމެނޭ ރުކަކުން ރޯފަން ކެނޑުމާއި، ރުކަށް ގެއްލުންވާފަދަ އެއްވެސް ޢަމަލެއް ނުކުރުން. އަދި ރުއްގަނޑު ދޫކޮށްލަން 01 (އެކެއް) މަހަށްވުމުން ގަބުޅިން ދަށުގެ އެއްޗެހި ނޭޅުން.
- މީހުން ދިރިއުޅޭ ސަރަޙައްދުގައި ހިމެނޭ ގޯތިގޯއްޗާއި ސަރުކާރު އޮފީސްތައް ކައިރީގައިހުންނަ ރުއްރުކުން އުނބުފަދަ އެއްޗެތި ފައިބާ ގެއްލުންވާކަމުގެ ޝަކުވާއެއްކޮށްފިނަމަ، އެކަމެއް ޙައްލުކޮށްދިނުން. (މީގެތެރޭގައި ރުއްކެނޑުމެއް ނުވަތަ ރުކަށް ގެއްލުމެއް ދިނުމެއް ނުހިމެނެއެވެ.)
- ރުކުއެޅުމާއި ރުއް ސާފުކުރުމުގައާއި އެނޫން ގޮތްގޮތުންވެސް ރުކުން، މަގުމައްޗަށާއި ރުއްދޮށަށް އެޅޭ ކުނިބުނިތައް ސާފުކޮށް ކުނިއުކާލުމަށް ކަނޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުނިގޮނޑަށް އުކާލުން
- ރުއްގަނޑުގެ ބޭނުން ކުރަންވާނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެއްބަސްވުމުގައިވާ މުއްދަތުގައެވެ.
- ރުއްގަނޑު ލިބުނުކަން އަންގާތާ ރަސްމީ 10 ދުވަސް ތެރޭގައި ރުއްގަނޑު ލިބުނު ފަރާތުން ނުވަތަ ބަދަލުގައި ފޮނުވާ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. އެމުއްތަދުގެތެރޭގައި އެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ އެރުއްގަނޑު އެފަރާތެއްގެ ކިބައިން ވަކިކޮށް ދެން އެންމެ މަތިން އަގުހުށަހަޅާފައިވާ ފަރާތަކަށް ވަރުވާކޮށްދެވޭނެއެވެ.
- އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުރިއަށް އޮތް ހަމަސް ދުވަހަށް އެއްބަސްވުން އާކުރަންވާނެއެވެ.
- އެއްބަސްވުމުގައި ސޮއިކުރާތާ، ލަސްވެގެން 10 ދުވަސްތެރޭގައި ކުރިއަށް އޮތް ހަމަސްދުވަހުގެ ފައިސާ ދައްކަންވާނެއެވެ.
- މި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، އެކަން އިސްލާޙް ކުރުމަށް އެންގުމަށްފަހު އިސްލާޙް ނުކޮށްފިނަމަ، ރުއްގަނޑު ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތަށް ވަކިކޮށްފިނަމަ ބަދަލެއް ނުދެވޭނެއެވެ.
ވީމާ، މަތީގައިވާ ޝަރުތުތަކާއި ޚިލާފު ނުވާނޭހެން ރުއްތައް ވަރުވާއަށް ނަންގަވަން އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ފޯމު ނެންގެވުންއެދެމެވެ. ފޯމު ދޫކުރާނީ 09ފެބްރުއަރީ 2025 ން ފެށިގެން 13 ފެބްރުއަރީ 2025ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މިއިދާރާއިންނެވެ. ފޯމެއްގެ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ. ރުއްތައް ވަރުވާކުރުމަށް އެދިލައްވާއިރު ކޮންމެ ރުއްގަނޑަކަށްވެސް ފުރުއްވާނީ ވަކި ފޯމެކެވެ. އަދި ފޯމް ފުރިހަމަ ކުރައްވާ 16 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 13:00ށް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ފޯމްތައް ކަނޑާ ބެލުން އޮންނާނީވެސް އެދުވަހުގެ އެގަޑީގައި ވަޑައިގަންނަވާ ބޭފުޅުންގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6580069 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.