ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެބްރުއަރީ މަހުގައި ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ގާނޫނު ނަންބަރ 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ބާއްވަންޖެހޭ ބައްދަލުވުން މިހިންގާ ފެބްރުއަރީ މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 20:30 ގައި ބަނޑިދޫ އީ-ސެންޓަރުގެ ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް ކުރެވޭނެއެވެ.
- ފާއިތުވި އަހަރުގެ (2024 ވަނަ އަހަރުގެ) އަހަރީ ރިޕޯޓް
- ފައިތުވި އަހަރުގެ (2024 ވަނަ އަހަރުގެ) މާލީ ރިޕޯޓްތައް
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
04 ފެބުރުވަރީ 2025
ހޯދާ