ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލް އިދާރާއަށް ކައުންސިލް އެސިސްޓެންޓުން ނެގުމާއި ބެހޭ:

ދާންދޫ ކައުންސިލް އިދާރާއަށް ކައުންސިލް އެސިސްޓެންޓުން ނެގުމާއި ބެހޭ:

  1. ގއ. ދާންދޫ ކައުންސިލްގެ އިދާރާއަށް ކައުންސިލް އެސިސްޓެންޓުގެ ގޮތުގައި ވަރަށް އަވަހަށް ތިރީގައި މިދަންނަވާ މަޤާމަށް 2 އަހަރު ދުވަހުގެ މުއްދަތަށް، 18 އަހަރާއި 55 އަހަރާ ދެމެދުގެ  މަސައްކަތު މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް( މަސައްކަތު

މަޤާމުގެ ނަންބަރު:

J-370342

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރަސްމީ މަސައްކަތު ގަޑި:

މި މަސައްކަތުގެ ރަސްމީ ގަޑި ހަމަޖެހިފައިވަނީ ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ.

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

3100.00ރ

ސަރވިސް އެލަވަންސް

1000.00ރ

ސަޕޯޓިންގކޯ އެލަވަންސް

1200.00ރ

ސްޕެޝިއަލް ޑިއުޓީ އެލަވަންސް

1085.00ރ

މިނިމަމްވޭޖް އެލަވަންސް

832.00ރ

އޯވަރޓައިމް ފައިސާ

ރަސްމީ ދުވަސްތަކާއި އަދި ބަންދު ދުވަސްތަކުގައިވެސް ރަސްމީގަޑިތަކުގެ އިތުރުން އިތުރުގަޑިތަކުގައި އޯވަރޓައިމްގެ ގޮތުގައި މަސައްކަތްކުރާ ދުވަސްތަކަށް އޯވަރޓައިމް ފައިސާ ދެވޭނެއެވެ.

އެހެނިހެން ޢިނާޔަތާއި އެލަވަންސް:

-        ރަމަޟާން އެލަވަންސް 3,000.00 ރުފިޔާ

-        ޕެންޝަންގައި ބައިވެރިކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-     ބަނދަރު ތެރެއަށް ލައްގާ އޮޔާދާ ކުނިބުނިތައް (މޫދުވިނަ އަދި އެނޫން ކުނިބުނިތައް) ނަގާ ސާފުކުރުމުގެ މަސައްކަތް ކުރުން.

2-     ރަށަށް ލަފާފުރާ އުޅަނދު ފަހަރުތަކުން ބަނދަރަށް މުދާ ބޭލުމާއި އެނޫން ކަންކަމުގައި ބަނދަރު ބޭނުންކުރަނީ ބަނދަރަށް ގެއްލުންނުވާގޮތަށްތޯ ބަލައި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރުން.

3-     ބަނދަރުގައި އަޅާފައިވާ އުޅަނދެއް އެހެން ބޭނުމަކު ނަގަންޖެހިއްޖެ ހާލަތެއްގައި އޭގެ ވެރިފަރާތުން އެ އުޅަނދު ނަގުވައި އެނޫން ހުސްތަނެއްގައި އެއުޅަނދު އެޅޭނެގޮތް ދެއްކުން.

4-     ބަނދަރަށް ލަފާފުރާ އުޅަނދު ފަހަރުތަކަށް ކައުންސިލުން އިންތިޒާމްކޮށްފައިވާ ގޮތެއްގެ މަތިން އެ އުޅަނދުފަހަރަށް ފެންދޫކޮށް އަދި ކަރަންޓް ބޭނުންވާ ހާލަތުގައި ކަރަންޓް ނެގުމަށް ހަމަޖެހިފައިވާ ޕޮއިންޓްތަކުން ކަރަންޓް ދޫކޮށްދިނުން. އަދި އެކަންކަމަށްނަގާ ފީއެއް އެމީހުން ލައްވާ ކައުންސިލަށް ހަމަޖެހިފައިވާ ގޮތަށް ދެއްކެވުން.

5-     ބަނދަރުގައި ފެންދޫކުރުމަށް ބެހެއްޓޭ ނިޒާމްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

6-     އުޅަނދު ފަހަރުތަކުން ބަނދަރާއި ބަނދަރާ ގުޅިފައިވާ އެއްގަމު ސަރަހައްދަށް ކަޅުތެޔޮ އަދި ކުނިބުނިތައް ނޭޅެވުމަށް މަސައްކަތްކުރުން.

7-     މި ނޫނަސް ކައުންސިލުން އުފައްދާ އިތުރު ހަރަކާތްތަކާއި އަދި ކައުންސިލަށް އާމްދަނީ ލިބޭގޮތަށް އިންތިޒާމްކޮށްގެން ހިންގާ އެކިއެކި ކަންކަމާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

8-     ކައުންސިލްގެ އިދާރާގައި ހުންނަ އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާއި އެޕްލަޔަންސްތައް ސާފުކުރުމާއި، މެއިންޓެއިން ކުރުމުގައި އެހީތެރިވެދިނުން.

9-     ރަށުގެ ގޭގެއިންނާއި އަދި އެހިހެން ތަންތަނުން ކުނިނެގުމަށް ކައުންސިލުން އިންތިޒާމްކޮށްފައިވާ ގޮތުގެ މަތިން ކުނި ނަގައި އަދި އެކުނިތައް ކުނިކޮށްޓަށް ގެންގޮސް ކުނި އަންދާ ނައްތާލުމުގެ މަސައްކަތު ގައި މަސައްކަތްކުރާ މުވައްޒަފަކު ޗުއްޓީ ނުވަތަ އެނޫންވެސް ގޮތަކުން ހާޒިރުނުވެ އެމަސައްކަތް ކުރުމަށް ދަތިވާ ޙާލަތްތަކުގައި އެމަސައްކަތުގައި ބައިވެރިވެ އެކަމުގައި ހަރަކާތްތެރިވުން.

10- މަރުވާ މީހުން ވަޅުލުމަށް ކަށްވަޅު ކޮންނަންޖެހޭ ޙާލަތުގައި ކަށްވަޅު ކޮނުމުގެ މަސައްކަތް ކުރުމާއި ޖަނާޒާގައި ބައިވެރިވުން.

11- ކައުންސިލުން ކަމާއި ގުޅޭގޮތުން ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

12- ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ނަޒާހަތްތެރިކަމާއެކު، ޤަވާއިދާއި އަދި ކޯޑް އޮފް ކޮންޑެކްޓްގައިވާ ގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

މަސައްކަތުގެ ތަޖުރިބާ

5

އިންޓަވިއު

40

މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70

އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ފެބުރުއަރީ 2025، ގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 ފެބުރުއަރީ 2025، (ދާންދޫ ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820026 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

04 ފެބުރުވަރީ 2025
ހޯދާ