ދިވެހިރާއްޖެ
ދާންދޫ ކައުންސިލް އިދާރާއަށް ކައުންސިލް އެސިސްޓެންޓުން ނެގުމާއި ބެހޭ: ގއ. ދާންދޫ ކައުންސިލްގެ އިދާރާއަށް ކައުންސިލް އެސިސްޓެންޓުގެ ގޮތުގައި ވަރަށް އަވަހަށް ތިރީގައި މިދަންނަވާ މަޤާމަށް 2 އަހަރު ދުވަހުގެ މުއްދަތަށް، 18 އަހަރާއި 55 އަހަރާ ދެމެދުގެ މަސައްކަތު މީހަކު ބޭނުންވެއްޖެއެވެ. |
|
|||||||||
މަޤާމު: |
ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް( މަސައްކަތު |
|||||||||
މަޤާމުގެ ނަންބަރު: |
J-370337 |
|||||||||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||||||||
މަޤާމުގެ ގިންތި: |
ވަގުތީ |
|||||||||
މަޤާމުގެ ރޭންކު: |
އެސް.އެސް. 1 |
|||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
|||||||||
ރަސްމީ މަސައްކަތު ގަޑި: |
މި މަސައްކަތުގެ ރަސްމީ ގަޑި ހަމަޖެހިފައިވަނީ ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ. |
|||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ |
|||||||||
މުސާރަ: |
3100.00ރ |
|||||||||
ސަރވިސް އެލަވަންސް |
1000.00ރ |
|||||||||
ސަޕޯޓިންގކޯ އެލަވަންސް |
1200.00ރ |
|||||||||
ސްޕެޝިއަލް ޑިއުޓީ އެލަވަންސް |
1085.00ރ |
|||||||||
މިނިމަމްވޭޖް އެލަވަންސް |
832.00ރ |
|||||||||
އޯވަރޓައިމް ފައިސާ |
ރަސްމީ ދުވަސްތަކާއި އަދި ބަންދު ދުވަސްތަކުގައިވެސް ރަސްމީގަޑިތަކުގެ އިތުރުން އިތުރުގަޑިތަކުގައި އޯވަރޓައިމްގެ ގޮތުގައި މަސައްކަތްކުރާ ދުވަސްތަކަށް އޯވަރޓައިމް ފައިސާ ދެވޭނެއެވެ. |
|||||||||
އެހެނިހެން ޢިނާޔަތާއި އެލަވަންސް: |
- ރަމަޟާން އެލަވަންސް 3,000.00 ރުފިޔާ - ޕެންޝަންގައި ބައިވެރިކުރުން |
|||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ރަށުގެ ގޭގެއިންނާއި އަދި އެހިހެން ތަންތަނުން ކުނިނެގުމަށް ކައުންސިލުން އިންތިޒާމްކޮށްފައިވާ ގޮތުގެ މަތިން ކުނި ނަގައި އަދި އެކުނިތައް ކުނިކޮށްޓަށް ގެންގޮސް ކުނި އަންދާ ނައްތާލުމުގެ މަސައްކަތް ކުރުން 2- ކުނިކޮށްޓަށް އެހެންމީހުން ގެންދާ ކުނިތައްވެސް ތަރުތީބުކުރުވައި، މީހުން ކުނި ކޮށްޓަށް ވަދެނުކުމެ އުޅުމަށް ދަތިނުވާ ގޮތަށް ކުނިކޮށި ބެލެހެއްޓުމަށް މަސައްކަތް ކުރުން 3- ކުނި ކޮށްޓަށް ޖަމާކުރެވޭ ކުނިތަކުގެ ތެރެއިން އަންދާލެވޭކުނިތައް އަންދާލައި ނައްތާލުމުގެ މަސައްކަތް ކުރުން 4- ކުނިކޮށްޓަށް ޖަމާކުރެވޭ ކުނިތަކުގެ ތެރެއިން އަންދާލައިގެން ނައްތާނުލެވޭ ތަކެތި ވަކި ތަރުތީބަކުން ކުނިކޮށީގައި ބެހެއްޓުމުގެ މަސައްކަތް ކުރުން 5- ކުނި ކޮށި އަބަސްދުވެސް ތަރުތީބުކޮށް ބޭއްވުމުގެ މަސައްކަތް ކުރުން 6- މި މަސައްކަތުގައި ބޭނުންކުރާ ސާމާނު އަދި ޕިކަޕް ސާފުތާހިރުކޮށް ބެލެހެޓުން 7- ކައުންސިލުގެ ޕިކަޕުން ކައުންސިލަށް އާންދަނީ ލިބޭގޮތަށް ކުރާ އިތުރު ދަތުރުތަކުގައި މަސައްކަތް ކުރުން. 8- ކައުންސިލްގެ ކުނިމޭނޭޖް ކުރުމުގެ ޕްރޮގްރާމްގައި ކައުންސިލުން ކަނޑައަޅާއި އަންގާ މަސައްކަތްތައް ކުރުން. 9- ޤަބުރުސްތާނުގައި ވިނަނޮޅާ ސާފުކޮށް ޤަބުރުސްތާން ބެލެހެއްޓުމުގެ މަސައްކަތް ކުރުން. 10- މަރުވާ މީހުން ވަޅުލުމަށް ކަށްވަޅު ކޮންނަންޖެހޭ ޙާލަތުގައި ކަށްވަޅު ކޮނުމުގެ މަސައްކަތް ކުރުމާއި ޖަނާޒާގައި ބައިވެރިވުމާއި ހިނަވާގެ ސާފުތާހިރުކޮށް ބެލެހެއްޓުން. 11- ކައުންސިލުން ކަމާއި ގުޅޭގޮތުން ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 12- ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ނަޒާހަތްތެރިކަމާއެކު، ޤަވާއިދާއި އަދި ކޯޑް އޮފް ކޮންޑެކްޓްގައިވާ ގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން. |
|||||||||
މަޤާމުގެ ޝަރުޠުތައް: |
ލިޔަން ކިޔަން އެނގުން. |
|||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާ:
|
||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
|||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. |
|||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ފެބުރުއަރީ 2025، ގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 ފެބުރުއަރީ 2025، (ދާންދޫ ކައުންސިލްގެ އިދާރާ) ގައެވެ.
|
|||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820026 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. |
|