ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަންފަރު އ.ތ.މ ކޮމެޓީގެ ފަހާކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ހދ. ނޮޅިވަރަންފަރު އ.ތ.މ ކޮމެޓީގެ ފަހާކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ:

             ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން " ފަހާކޯހެއް " ހިންގުމަށް ކޮމެޓީގެ 184 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައިވާތީ، ކޯސް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.        

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: 12 ފެބްރުއަރީ 2025 (ބުދަ) 14:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/JiC1iqU5sJ

އަންދާސީ ހިސާބު ހުށަހެޅުން: ‏17‏ ފެބްރުއަރީ‏ 2025‏ (ހޯމަ‏) 10:00  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏11‏ ފެބްރުއަރީ‏ 2025‏ (އަންގާރަ‏) 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 ފެބުރުވަރީ 2025
ހޯދާ