ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް (ބަނދަރު) ދެކުނުގައިވާ ބިމުގައި ކެފޭ/ރެސްޓޯރެންޓް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ފެބްރުއަރީ 4 ން 6 ފެބްރުއަރީ 2025 އަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓަރ ކުރެއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.
- ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/x0CDhtNhWs
މި ޕްރޮޖެކްޓާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 4 ފެބްރުއަރީ 2025 ގެ ކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.
މި ޕްރޮޖެކްޓާ ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގައި މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ގުޅުއްވުމަށް:
- ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
- ފޯން: 6520041
- info@nellaidhoo.gov.mv
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
5 H 1446
4 ފެބްރުއަރީ 2025