ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނައަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދުކުރުމަށް ގެނެވޭ ޙާފިޡުގެ އެކަމަޑޭޝަނާއި، ފަރިއްކޮޅު، އަދި ދޮވެއިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

އިޢުލާން

 

1446 ވަނައަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދުކުރުމަށް ގެނެވޭ ޙާފިޡުގެ އެކަމަޑޭޝަނާއި، ފަރިއްކޮޅު، އަދި ދޮވެއިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މިކައުންސިލްގެ ނަންބަރު(IUL)392-ADM/392/2025/3   27 ޖަނަވަރީ 2025 އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ވޭމަންޑޫ ކައުންސިލުން 1446 ވަނައަހަރު ރަމަޟާންމަހު އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡްގެ އެކަމަޑޭޝަނާއި، ފަރިއްކޮޅުދޮވެ އިސްތިރި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް [email protected] މެއިލް ކުރެއްވުމަށް ފަހު [email protected] އަށް ސީ.ސީ ކުރައްވަން ވާނެއެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

04 ފެބުރުވަރީ 2025 އިން 13 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 10:00 އަށް،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

19 ފެބުރުވަރީ 2025 ވަނަދުވަހުގެ 10:30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ތަކެތި ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 04 ފެބުރުވަރީ 2025 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަން  ލިޔެވިފައި އޮންނަންވާނެއެވެ.  

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

04 ފެބުރުވަރީ 2025
ހޯދާ