ދިވެހިރާއްޖެ
ކުރީގެ ހުކުރު މިސްކިތުގައި (މިހާރު ކައުންސިލުން ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުންދާ) ހިނަވާ އަށީގެ ގޮތުގައި ހެދިފައިވާ 2 އަށި ތަޅާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތުގެ ތަފްސީލް
• އަށި ތަޅާލުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންޑާ ތެރޭގައި ހުރި ތަކެތި ނެރެ ގޯތިތެރޭގައި ބަހައްޓައި، މޮޅު ސަތަރި އެޅުން. (ސަތަރި ހޯދަންވާނީ ކޮންޓްރެކްޓަރ)
• ހިނަވާ އަށީގެ ގޮތުގައި އެޅިފައިވާ 2 އަށި ތަޅާލައި، ނެގޭ ގައުތަށް ކައުންސިލުން ދައްކާ ސަރަހައްދަށް އުކާލުން.
• އަށި ތަޅާލައި ނެގޭ ތަނުގައި މިހާރު ފެންޑާގައި އެޅިފައިވާ ތަޅުމާއި އެއްވަރަށް ތަޅުން އަޅައި އެއްވަރުކުރުން.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ދެންނެވިފައިވާ މަސައްކަތް ކޮށްދެވޭނެ އަގު (ކޮޓޭޝަން) 2025 ފެބްރުއަރީ 09 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ފޮނުވާނަމަ، މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. ކޮޓޭޝަންގައި މަސައްކަތްކޮށް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން އާއެކު ވިޔަފާރި ރަޖިސްޓްރޭޝަން ނުވަތަ ޕްރޮފައިލްގެ ކޮޕީއެއް، އަދި އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުންއެދެމެވެ.
މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.