ދިވެހިރާއްޖެ
ގދ. މަޑަވެލީގައި ބޭންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ އޭ.ޓީ.އެމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި އިޢުލާނާއެކު، މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި، 'އަގުހުށަހަޅާ ފޯމް' އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުން |
04 ފެބްރުއަރީ 2025 އިން 12 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ހެނދުނު 11:00އާއިހަމައަށް ތިރީގައިވާ ލިންކުންވަދެ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން: |
ޕްރީބިޑް މީޓިންގ |
13 ފެބްރުއަރީ 2025ވަނަ ދުވަހުގެ މެންދުރުފަހު 11:30 ގައި އޮންލައިން ކޮށް. (މީޓިންގ ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.) |
ބިޑް ބަލައިގަތުން |
20 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި) |
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިންކުން ވަދެ ރަޖިސްޓްރީ ކުރުމަށްފަހު 20 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށް، މިއިދާރާގެ އީމެއިލް: [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖިއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.