ދިވެހިރާއްޖެ
އިޢުލާން
ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރުން:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން'' 2024 ވަނަ އަހަރު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތާއިބެހޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، މިހިނގާ ފެބްރުއަރީ މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00ގައި ގައްދޫ މަރުކަޒުލް އީސާރުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް އަލިއަޅުވާލެވިގެންދާނެއެވެ.
- 2024 ވަނަ އަހަރުގެ އަހަރު ރިޕޯޓް، މާލީ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހެޅުން.
- 2025 ވަނަ އަހަރުގެ ބަޖެޓާއި، މަސައްކަތު ތާވަލް ޙިއްސާކުރުން.
ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
02 ފެބްރުއަރީ 2025