ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
ހުވަދޫސްކޫލުގެ ގުދަން މަރާމާތު ކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ގުދަން މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ފެބްރުއަރީ 11 ވަނަ ދުވަހުގެ 13:00 ނިޔަލަށް، "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2025 ފެބްރުއަރީ13ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މި ސްކޫލުގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2025 ފެބްރުއަރީ 25 ވާ އަންގާރަ ދުވަހު 10:30ގައި ސްކޫލުގެ އޮފީހުގައި އޮންނާނެވެ.

 

މިޕްރޮޖެކްޓާގުޅޭ ބިޑްރަޖިސްޓްރީ ފޯމް އަދި ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދޫސްކޫލް

ގދ. ފަރެސްމާތޮޑާ

ފޯން: 7983085

އީ-މެއިލް: [email protected]

04 ފެބުރުވަރީ 2025
ހޯދާ