ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤުރްއާން ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލުފުށީ ގޮފީގެ ފަރާތުން ހިންގާ، ބަލައިގެން ޤުރުއާން ކިޔުމުގެ ކުލާހުގައި ބައިވެރިވުމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ޢުމުރު: 9، 10 އަދި 11 އަހަރުގެ ދަރިވަރުން
- ފޯމް ހުށަހެޅުމުގެ ސުންގަޑި: 2025 ފެބުރުވަރީ 13 / 13:30 ގެކުރިން
- ޖާގަ: 30 ކުދިން
ކުލާހަށް ދަރިވަރުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން %75 އިންސައްތަ ޙާޞިލްވާނަމައެވެ.
ވީމާ، ޤުރުއާން ކުލާހުގައި ބައިވެމަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު މަތީގައިވާ ސުންގަޑީގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ޤުރުއާންކުލާހުގައި ބައިވެރިވުމަށްއެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
03 ފެބުރުވަރީ 2025
ހޯދާ