ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-365164

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފައިނޭންސް ޔުނިޓް/ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް، ކ. މާލެ

މުސާރަ:

މަހަކު 7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1969.80 ރުފިޔާ (އަސާސީ މުސާރައިގެ %28). ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރާއިގެ %35  (2203.25ރ)
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފައިނޭންސް ޔުނިޓްގެ އެންމެހާ ކަންތައްތައް ރާވާ ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަމަލީ ގޮތުން މަސައްކަތްތައް ކުރުން. އަދި ބަޖެޓާއި ގުޅިގެން އެހެން ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓްކުރުމާއި ސިޓީ ފޮނުވުމާއި ރެކޯޑް ބެލެހެއްޓުމުގެ ކަންތައް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން.
  2. ސެންޓަރުން ކޮންމެ މީލާދީ އަހަރަކަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓްގެ މަސައްކަތް ސުޕަވައިޒަރގެ އިރުޝާދާއިއެކު ކުރުމާއި ކަޑައެޅިފައިވާ މުއްދަތުގައި މިނިސްޓްރީއަށް ފޮނުވުން އަދި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމުގައި އެހީތެރިވުން.
  3. ސެންޓަރުން ފައިސާ ދައްކަންޖެހޭ ބިލްތަކުގެ މުއްދަތު ހަމަވުމުގެ ކުރިން، ބިލްތަކާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ހަމަތޯ ޗެކްކޮށް، ޕޭމަންޓު ވައުޗަރު ހެއްދުމާއި، އެސް.އޭ.ޕީ ސިސްޓަމުގައި ޕޯސްޓް ކުރުމާއި، ޗެކުހެދިފައިވާ ޑޮކިއުމެންޓްގެ މަޢުލޫމާތު ޗެކް ލިބެންވީ ފަރާތަށް އެންގުނުކަން ޔަޤީންކުރުން. އަދި ޕޭމަންޓް ވައުޗަރު ރެޖިސްޓްރީ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކުރުވުން.
  4. ބަޖެޓް ކޮންޓްރޯލް ކުރުމާއި، ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ކޯޑުތަކުގައި ހުރިކަން ކަށަވަރުކުރުމާއި، ބަޖެޓް ކޯޑުތަކުގެ ބާކީ ބެލެހެއްޓުމާއި ބަޖެޓު ބާކީ ރިޕޯޓު މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ތައްޔާރުކުރުވުން. އަދި އިވެންޓްތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ގެނެވޭ ބަދަލުތަކާއި އެއްގޮތަށް ރީއެލޮކޭޓް ކުރަންޖެހޭ ފައިސާގެ ކަންތައްތައް ބެލެހެއްޓުން.
  5. ރަސްމީ ދަތުރުތަކާއި، ސްކޮލަރޝިޕް  އަދި ޓްރެއިނިންގ ތަކުގައި ރާއްޖެތެރެއަށް އަދި ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ދޭންޖެހޭ ދަތުރު ޚަރަދު ދެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކްކޮށް، ބަނޑޭރި ޕޯޓަލް އިން ފޮނުވާ ދަތުރު ރިކުއެސްޓްތައް ޗެކްކޮށް ދަތުރު ހުއްދަ އަށް ފޮނުވުން. އަދި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދަތުރު ރިޕޯޓު ތައްޔާރުކުރެވިފައިވޭތޯ ބަލާ ކަށަވަރުކޮށް ފައިލްކުރުވުން.
  6. ސެންޓަރުގެ ފާއިތުވި އަހަރުގެ މާލީ ބަޔާން ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކޮށް، މުއްދަތު ހަމަވުމުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭތޯ ބަލާ ކަށަވަރުކުރުން. އަދި ސެންޓަރުގެ ފައިނޭންޝަލް އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ސެކްޝަންގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުންކުރުން.
  7. ބަޖެޓްގެ އައިޓަމްތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ބެލެހެއްޓުމާއި، ބަޖެޓް ރިޕޯޓް ތައްޔާރުކުރުމާއި، ސެންޓަރުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައްކުރުން.
  8. ސެންޓަރުގައި ޕެޓީކޭޝްގެ ގޮތުގައި ގެންގުޅޭ ފައިސާ ޚަރަދު ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކް ކުރުން. އަދި ފައިސާ ދޫކުރުމުގެ ކުރިން، އެ ޚަރަދަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ހަމަކުރުވާ، ބަރާބަރަށް ފައިލްކުރުވާ ބެލެހެއްޓުން. އަދި ޕެޓީ ކޭޝް ބާކީ ބަލަހައްޓައި ޕެޓީ ކޭޝް ހުސްވުމުގެ ކުރިން  ރިކުއިސްޓްކޮށް ހޯދުން
  9. ސެންޓަރަށް އެކިފަރާތްތަކުން ލިބެންޖެހޭ ފައިސާ ލިބެމުންދޭތޯ ބަލައި ލިބެމުންނުދާނަމަ ސުޕަވައިޒަރގެ މަޝްވަރާގެ މަތިން އަޅަންޖެހޭ ފިޔަވަޅުއެޅުން.
  10. ސެންޓަރުގެ ޓްރަސްޓް ފަންޑްގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމާއި ޓްރަސްޓް ފަންޑް ބައްދަލުވުމުގެ ޔައުމީއްޔާ ދުވަހަށް ދުވަހަށް ނިންމާކަން ކަށަވަރުކުރުން.
  11. ޔުނިޓްގެ ޔައުމީއްޔާ ދުވަހުން ދުވަހަށް ލިޔަމުންދޭތޯ ކަށަވަރުކުރުން.
  12. ކޮންމެ އަހަރެއް ފެށުމުން ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރުމަށްޓަކައި އެއަހަރެއްގެ ޓާގެޓު ރިވިއުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމާއި އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން
  13. މިނިސްޓްރީ އަދި ސެންޓަރުން ހިންގާ ރަސްމީ މަސައްކަތްތަކުގައި ބައިވެރިވުމާއި އަދި ވަޒީފާގެ މަސްޢޫލިއްޔާތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  14. އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމަތު ފުރިހަމަކޮށް އެޑްމިންއަށް ހިއްސާ ކުރުން
  15. އެހެން ސެކްޝަނެއް ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފި ހާލަތެއްގައި އެ ސެކްޝަން ހިންގުމާއި އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ  (ކޯ ޑިސިޕްލިންގ)

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ފައިނޭންސް (ކޯ ޑިސިޕްލިންގ)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފައިނޭންސް

އެކައުންޓިންގ

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން - 30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު - 5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) - 15

ޕްރެޒެންޓޭޝަން - 10

އިންޓަރވިއު - 30

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ފެބްރުވަރީ 11 ވާ އަންގާރަ ދުވަހު ގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 ފެބްރުއަރީ 12 އާއި 2025 ފެބްރުއަރީ 28 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ފެބުރުވަރީ 2025
ހޯދާ