މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 183 ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

             އިޢުލާން ނަންބަރު: (IUL)320-ADHR/320/2024/162 ޙަވާލާދީ ދަންނަވަމެވެ.

               ބ. އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 183 ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޞްލާހުކުރުމަށްފަހު މިއިޢުލާނާއެކު އާންމުކުރީމެވެ.

 

              ވީމާ، މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 03 ފެބްރުއަރީ 2025 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 13:00 އާއި ހަމައަށްވަނީ ހުޅުވާލެވިފައެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަންވާނީ، ސިޓީއަކުން ކައުންސިލް އިދާރާއަށެވެ. އަދި އީމެއިލްގެ ޛަރީއާއިން ޝަކުވާގެ ސިޓީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ފޮނުއްވުމުން ބަލައިގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ. އަދި ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ޝަކުވާގެ ސިޓީ ހުށަހަޅުއްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް އީމެއިލް ލިބުނުކަން ކަށްވަރު ކުރަންވާނެއެވެ. މީގެ އިތުރުން، ޝަކުވާ ސިޓީ ހުށަހަޅުއްވާއިރު، އެފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއި، އައި.ޑީ ކާޑު ނަންބަރު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. މިލިސްޓަށް އަނގަބަހުންނާއި ފޯނު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

 

 

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2025
ހޯދާ