މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 08 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން:

އިޢުލާން

 

ކައުންސިލްގެ 08 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން:

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންނަމާދޫ ކައުންސިލްގެ 8 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

 

އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 03 ފެބުރުއަރީ 2025 އިން 13 ފެބުރުއަރީ 2025ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގައި ބައިވެރި ވުމަށް އެދޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމްގެ ލިންކް އަދި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އާންމު ކުރީމެވެ.

ފޯމްލިންކް:  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް

ޤަވާއިދު: ޤުރުއާން މުބާރާތުގެ ޤަވާޢިދު

 

 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2025
ހޯދާ