ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ އިޢުލާން ނަންބަރު IUL)GS56/2015/19) އަށް އެއްވެސް އަންދާސީހިސާބެއް ލިބިފައިނުވާތީ، އެޢިއުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގައި ހަދަން ފަށާފައި ހުރި 03 ބުރި ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 09 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއެކު މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހުގެ 15:00 އަށް 6600136 ނަންބަރު ފޯނާއެވެ.
13 ޝައްވާލް 1436