މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި އެއްގޮތައް މި އޮތޯރިޓީގެ ފުވައްމުލަކު ޓެކްސްޕޭޔަރ ފެސިލިޓޭޝަން ސެންޓަރުގައި ފާހާނާއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެފަރާތެއް ހޯދުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި އެއްގޮތައް މި އޮތޯރިޓީގެ ފުވައްމުލަކު ޓެކްސްޕޭޔަރ ފެސިލިޓޭޝަން ސެންޓަރުގައި ފާހާނާއެއް ޢިމާރާތްކޮށް، ފިނިޝިންގގެ އެންމެހައި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 17 ނޮވެންބަރު 2024 ގައި ކުރި ނަންބަރު (IUL)220-AS/1/2024/119 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު އަގު ބޮޑުކަމަށް ފެންނާތީ އަދި މަޢުލޫމާތު ޝީޓަށް ބަދަލު ގެނެސްފައިވާތީ ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ފުވައްމުލަކު ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

10 ފެބުރުވަރީ 2025

ހޯމަ

11:00

އަންދާސީހިސާބު ހުށަހެޅުން  އަދި ހުޅުވުން

18 ފެބުރުވަރީ 2025

އަންގާރަ

11:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3339663 ، 3020478 އަށް ގުޅުއްވުން އެދެމެވެ. 

 

 

03 ފެބުރުވަރީ 2025
ހޯދާ