ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގޭބިސީތަކުން ކުނި ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ
                                ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ފެށުމަށްޓަކައި މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މައުލޫމާތު ދިނުން.
މަޢުލޫމާތު ދިނުން އޮންނާނީ 13 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ.
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
- ބީލަން ހުށަހެޅުން: 17 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ. އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތަކާއި މައުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެއެވެ.
 - ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''ގޭބިސީތަކުން ކުނި ނެގުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.
 
މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
- އަގު 90 މާރކްސް
 - ތަޖުރިބާ 10 މާރކްސް
 
އިތުރު މަޢުލޫމާތު
މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 7916100
އީމެއިލް: [email protected]
             03 ފެބުރުވަރީ 2025
            
        
                    ހޯދާ  
                
                