އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ ލޯންޗެއް ހޯދުމަށް

މި ކައުންސިލްގެ އިދާރާއަށް 12 މީހުންގެ ޖާގައިގެ އައު ފައިބަރ ލޯންޗެއް ހޯދުމަށް ކުރި ނަންބަރު: IUL)233-ADS/233/2014/18) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައިވަނީ ނުވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ލޯންޗަކީ މުޅިން އަލަށް ބަނދެވިފައިވާ މައިގަނޑު ހުދު ކުލައިގެ ލޯންޗެއްކަމުގައި ވާންވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 7778179/ 9975936 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީހިސާބުތައް އިވެލިއުޓްކުރުމުގާ މާކްސްދޭނެ ކަންތައްތައް:

#

ތަފުސީލު

މާކްސް (%)

1

ލޯންޗްގެ ޖުމްލަ އަގު:(ޖީ.އެސް.ޓީ/އެހެން ކަމިޝަނެއްވާނަމަ އަގުގެ ތެރެއިން ވަކިން އެބައި އެނގޭ ގޮތަށް)

50

2

މިފަދަ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މުއްދަތު: (މުއްދަތާއި ކޮށްފައިވާ މަސައްކަތްތައް)

5

3

ފައިސާ ދައްކަން ހުށަހަޅާ ގޮތްތައް: (ޕޭމަންޓް ދެއްކުމަށް ދޭ މުއްދަތުތައް)

15

4

މުއްދަތު: (މަސައްކަތްކޮށް ނިންމާ މުއްދަތު)

15

5

ވޮރަންޓީ (ވޮރަންޓީގެ މުއްދަތު)

15

 

100

ހުށަހަޅުއްވާ ކޯޓޭޝަންތަކުގައި، ލޯންޗުގެ ހަލްގަނޑުގެ ފުރިހަމަ މަޢުލޫމާތާއި އަދި ލޯންޗުގެ ހުރިހާ މަސައްކަތެއް ނިމުމަށްފަހު ލޯންޗުގައި ހުންނާނެ ތަކެތީގެ ތަފުސީލު ބަޔާންކުރަންވާނެއެވެ.

ވީމާ، މި ކައުންސިލް އިދާރާއަށް 12 މީހުންގެ ޖާގައިގެ ލޯންޗެއް ބަނދެ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަނުގެ ސްޓޭމްޕާއި، ވެރިއެއްގެ ނަމާއި ސޮއި އަދި ކޮންޓެކްޓް ނަންބަރު އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުންވެސް އޮންނާނީ 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ 14:00 ގައި މި ކައުންސިލް އިދާރާގައެވެ. މިގޮތުން ހުށަހެޅޭ އަންދާސީހިސާބުތައް ހުށަހަޅާ ފަރާތުން ބާޠިލު ކުރެވޭނީ 30 ދުވަސްވުމަށް ފަހުގައެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުނީގެ މަޢުލޫމާތުތައްވެސް ހުށަހަޅުއްވަން ވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ޝައްވާލް 1436 

29 ޖުލައި 2015
ހޯދާ