ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އާރޓިފިސަލް ޓާރފް (އައުޓްޑޯރ) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

  • މި މަރުކަޒަށް (އައުޓްޑޯރ) އާރޓިފިސަލް ޓާރފް  ފޯރުކޮށްދޭނެ ،(ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ފެބުރުއަރީ 2025 އިން 06 ފެބުރުއަރީ 2025 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މި މަރުކަޒުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ފެބުރުއަރީ 2025 އާދީއްތަ ދުވަހުގެ14:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.                                                     
  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 10 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުގެ 00: 13ގައި މި މަރުކަޒުގައި އޮންނާނެއެވެ.
  • ބިޑް ހުޅުވުން އޮންނާނީ 13 ފެބުރުއަރީ 2024 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.
  • ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު6528817  ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  • ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
  • ފޯން:  6528817
  • އީ-މެއިލް: [email protected]
03 ފެބުރުވަރީ 2025
ހޯދާ