ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ވައިކަރަދޫއިން މިހާތަނަށް ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން (ގޯތިދޫކުރުމުގެ ބުރަކުން ދޫކުރެވިފައިވާ ބަންޑާރަ ގޯތި، އަމިއްލަ ގޯތި، ތަރިކައިން ނުވަތަ ހިބައިން ނުވަތަ ލާޖައްސައިގެން ނުވަތަ މިނޫންވެސް ގޮތަކަށް ލިބިފައިވާ ގޯތިތައް ހިމެނޭހެން) ރަޖިސްޓްރީ ނުކޮށްހުރި ގޯތިތައް 08 މެއި 2025 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހަޅާ ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ތާރީޚްގެ ކުރިން ރަޖިސްޓްރީ ކުރުމަށާއި ދޫކުރެވިފައިވާ ގޯތިތަކާއި ގޯއްޗާއި އިންވެގެންވާ މަގާއި ގޯޅިތައް ސާފުކުރުމަށް އެންމެހާ ގޯތިތަކުގެ ވެރިންނަށް އަންގައި އިލްތިމާސް ކުރަމެވެ. "ގޯތި ރަޖިސްޓްރީ އަދި ޢިމާރާތާއި ގޯތި ރަޖިސްޓްރީ ހެދުމަށްއެދި ހުށަހަޅާ ފޯމް" މި އިދާރާއިންނާއި މި އިދާރާގެ ވެބްސައިޓް www.vaikaradhoo.gov.mv އިން ލިބެން ހުންނާނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.