ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތިތެރެ އާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމާ ގުޅޭ
ދިރިއުޅުމަށްޓަކައި ވައިކަރަދޫއިން މިހާތަނަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއްގޯތިތަކުގެ މަގުފަޅިއާއި އެތެރެ ވާވެ ޢާންމު އުނދަގުލަކަށް ވެފައިވާތީ ގިނަ ރައްޔިތުންގެ ޝަކުވާ މިއިދާރާއަށް އަންނަނީ ލިބެމުންނެވެ. ވީމާ، ދިރިއުޅުމަށްޓަކައި މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ގޯތިތަށް (ބަންޑާރަ، އަމިއްލަ، ތަރިކައިން، ހިބައިން، މިނޫންވެސް ގޮތަކަށް ލިބިފައިވާ ގޯތިތަށް) ހިމެނޭހެން މިއަދުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭ ސާފުކޮށް ނިންމަވާ ދާއިމަށް ސާފުކޮށް ބެލެހެއްޓޭނޭ އިންތިޒާމްކޮށް ބަލަހައްޓަމުން ގެންދެވުމަށް ދަންނަވަމެވެ. ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ފެބުރުވަރީ 2025
ހޯދާ