1. ހެޑް އޮފް ޑިޕާރޓްމަންޓްގެ އިރުޝާދުގެ މަތިން ލެބޯޓްރީ އަދި އިންޖިނިއަރިންގ ވޯކްޝޮޕްގައި ކުރަންޖެހޭ މަސައްކަތް ކުރުން
2. ވޯކްޝޮޕް/ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްސް، ކޮންޒިއުމަބަލްސް، އިކްވިޕްމަންޓްސް އަދި އެހެނިހެން ތަކެތި ގަތުމުގެ ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން
3. ބޭނުންކުރާ އިކުއިޕްނެމްޓްތަކާއި މެސިންތައް ރޫޓިންކޮށް ޗެކްކޮށް ކެލިބެރޭޓްކުރުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވުން
4. ދަރިވަރުންގެ ލެބޯޓްރީ އަދި އަމަލީ އިމްތިޙާންތަކައް ލެބޯޓްރީ ތައްޔަރުކުރުމާއި އަދި ދަރިވަރުންކުރާ ހުރިހާ އެކްސްޕެރިމެންޓް، ޓެސްޓް އަދި ޕްރޮޓޯޓައިޕްގ ގައި އެހީތެރިވުން
5. ކަނޑައެޅިފައިވާ އުސޫލުތަކާއިއެގޮތަށް ޤަވާއިދުން ލެބޯޓްރީ/ވޯކްޝޮޕްގެ އަދި ފެކަލްޓީގެ އިންވެންޓްރީ ބެލެހެއްޓުމާއި ދުވަހުންދުވަހަށް މުރާޖާކޮށް އަޕްޑޭޓްކުރުން
6. ފެކަލްޓީ/ވޯކްޝޮޕް/ލެބޯޓްރީ ގައި ކުރަން ހުންނަ މެއިންޓެނެންސް މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުން
7. ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށާއި އެފަދަ ހާދިސާތައް ކޮންޓްރޯލް ކުރެވޭނެ ނިޒާމްތައް އުފައްދާ ޤާއިމްކުރުމުގައި އެހީތެރި ވެދިނުން
8. ލެބޯޓްރީ އޮޕަރޭޝަންތަކުގައި "ސްޓެޓުއަޓްރީ ސޭފްޓީ" ކަންކަމުގައި ބައިވެރިވުމާއި، ބެލުމާއި އަދި މެއިންޓެއިންކުރުން
9. އަތޮޅު ކެމްޕަސްތަކުގައި ހިންގާ ދާއިރާގެ ކޯސްތައް ހިންގުމަށް ބޭނުންވާ، އިކްއިޕްމެންޓްތައް އެ ކެމްޕަސްތަކަށް ފޮނުވުމަށް ބޯޓްފަހަރުތަކަށް ހަވާލުކުރުން.
10. އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
11. މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން މަރުކަޒާއި، ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބައްދަލުވުންތައް ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.
|