މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫ ޕްރޮޖެކްޓް އޮފީސް ހިތަދޫގައި ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް

          ނަންބަރު: (IUL)491-CDS3/491/2025/9

 

                  އައްޑޫ ޕްރޮޖެކްޓް އޮފީސް ހިތަދޫގައި ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި މިނިސްޓްރީގެ އައްޑޫ ޕްރޮޖެކްޓް އޮފީސް ހިތަދޫގައި ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 05 ފެބްރުއަރީ 2025ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ދިރާމުލި، ޒިޔާރާތްމަގު، ސ. ހިތަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 09 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު1200ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 12 ފެބްރުއަރީ 2025ވާ ބުދަ ދުވަހުގެ 10:00 ގައި ދިރާމުލި، ޒިޔާރާތްމަގު، ސ. ހިތަދޫގަގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
  • އަމީނީ މަގު، މާފަންނު
  • ކ.މާލެ، 20392
  • އީމެއިލް: [email protected]

 

                                                   04 ޝައުބާން 1446ހ

                                                   02 ފެބްރުއަރީ 2025މ

 

 

 

 

03 ފެބުރުވަރީ 2025
ހޯދާ