ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 1. ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު:
ޕޯސްޓް ބިލްޑިންގ 8 ވަނަ ފަންގިފިލާގެ ޓެރަސް އޭރިއާގައި ބަހައްޓާފައިހުރި 2 ފެންޓޭންކް މަރާމާތު ނުކުރެވޭވަރަށް ހަލާކުވެ ފެންލީކުވާތީ، މި 2 ޓޭންކް ނަގައި، އެތަނުގައި އައުޓޭންކެއް (ކަޅުހަމެއް) ބަހައްޓައި ފެންފޯރުކޮށްދޭ ނިޒާމްގައި ހުރި އެހެނިހެން މައްސަލަތައް ހައްލުކޮށް ފެން ފޯރުކޮށްދެވޭނެގޮތް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކޮށްފައިވާ އިޢުލާނު (ނަމްބަރ PRC-MPL/2025/06) ގެ ޓީ.އޯ.އާރްއަށް ބަދަލުއައިސްފައިވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
ޕްރީ-ބިޑް މީޓިންގ: |
|
ތާރީޚް: |
09 ފެބުރުވަރީ 2025 |
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ |
ގަޑި |
14:30 |
ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: |
|
ތާރީޚް: |
17 ފެބުރުވަރީ 2025 |
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ |
ގަޑި |
14:00 |
2- ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މައުލޫމާތު:
- މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ހާޒިރުވެ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 05 ފެބުރުވަރީ 2025 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް
- [email protected]