މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުއްދަ ނަގައިގެން މާލޭގެ އެކިއެކި ސައިޓްތަކުގައި މަސައްކަތްކުރާއިރު ބޭނުންކުރާ މަސައްކަތު ބޯޑު، ބަންދު ބޯޑު އަދި ނުރައްކާ ބޯޑުތައް ހަދައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ،(2 ވަނަ އިޢުލާން)

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުއްދަ ނަގައިގެން މާލޭގެ އެކިއެކި ސައިޓްތަކުގައި މަސައްކަތްކުރާއިރު ބޭނުންކުރާ  މަސައްކަތު ބޯޑު، ބަންދު ބޯޑު އަދި ނުރައްކާ ބޯޑުތައް ހަދައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ،(2 ވަނަ އިޢުލާން)

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުއްދަ ނަގައިގެން މާލޭގެ އެކިއެކި ސައިޓްތަކުގައި  ބޭނުންކުރާ  މަސައްކަތު ބޯޑު، ބަންދު ބޯޑު އަދި ނުރައްކާ ބޯޑުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/386 އިޢުލާނާ ގުޅިގެން އެކަށިގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 ފެބްރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާމަގު، މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2025 ފެބްރުއަރީ 11 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

02 ފެބުރުވަރީ 2025
ހޯދާ