ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2025/10 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
GSRF-PSM/GA/2025/9 |
އިޢުލާން
- ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުންޏަށް ބޭނުންވާ 6 ކްލީނިންގ ކާރޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ތިރީގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ-މެއިލްއަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.
- ތަންތަނަށް ފަސޭހައިން ގެންދެވޭގޮތަށް ފުރޮޅުލީ ކްލީނިންގ ކާރޓް ޓްރޯލީ އަކަށްވުން
- ކްލީނިންގ ކާރޓް ޓްރޯލީގައި ޑަސްބިން ހުރުން
- ކްލީނިންގ ކާރޓް ޓްރޯލީގަ މޮޕުބާލިދީ، މޮޕު ނުވެއްޓި ބެހެއްޓޭ ގޮތަށް ހުރުން
- ސާފުކުރުމަށް ބޭނުންކުރާ އެކިއެކި ލިކުއިޑް ފުޅިތަށް ނުވެއްޓި ބެހެއްޓޭގޮތަށް ހުރުން
- ކުނިކަހާ ސާފުކުރުމަށް ބޭނުންކުރާ ފިހިގަނޑު ބެހެއްޓޭގޮތަށް ހުރުން
- ޓޮއިލެޓް ޕޭޕަރ ޓިޝޫ ބެހެއްޓޭގޮތަށް ހުންނަ ބައެއް ކާރޓް ޓްރޯލީގައި ހުރުން
- ކާރޓްގެ ފުޅާމިން 2 ފޫޓަށްވުރެ ބޮޑު ނުވުން.
ނޯޓް : ކްލީނިންގ ކާރޓް ޓްރޯލީ ގެ ސާމްޕަލް އެއް ނުވަތަ ކެޓަލޮގް މެނޫ އެއް މަސައްކަތް ހަވާލުވި ފަރާތުން ޕީ.އެސް.އެމް އަށް ހުށަހަޅާ އެޕްރޫވް ކުރުމަށްފަހު ތަކެތި ގެނައުން އަދި ގިނަދުވަހު ބޭނުން ކުރެވޭފެންވަރުގެ އެއްޗަކަށް ވާންޖެހޭނެއެވެ. އާންމުކޮށް މިފަދަ ޓްރޯލީ ހުންނަ ގޮތުގެ ސާމްޕަލް ފޯޓޯއެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ކޯޓޭޝަން މެއިލް ކުރާނީ: [email protected]
03 ޝަޢުބާން 1446
02 ފެބްރުއަރީ 2025