ދިވެހިރާއްޖެ
26 ޖޫން 2024 މިނސްޓްރީން ކުރެވުނު ނަންބަރު (IUL)23-L/23/2024/179 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ކައުންސިލްގެ ނަން |
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް |
މަޤާމު |
ދިވެހިރާއްޖޭގައި އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް |
ބޭނުންވާ ޢަދަދު |
3 (ތިނެއް) |
މެމްބަރުކަމުގެ ދައުރު |
5 (ފަހެއް) އަހަރު |
އެލަވަންސް |
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ. |
ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް |
(ހ) އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން؛ (ށ) އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛ (ނ) އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން؛ (ރ) ދިވެހިރާއްޖޭގައި ހިންގާ ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނުދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ޝަރުޠުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން؛ (ބ) އެލައިޑް ހެލްތް ޕްރޮފެޝަނަލުން ރަޖިސްޓަރީ ކުރުމާއި، އެމީހުންގެ ރަޖިސްޓަރީ ބާޠިލުކުރުން؛ (ޅ) އެލައިޑް ހެލްތް ޕްރޮފެޝަނަލުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ބާޠިލުކުރުން؛ (ކ) އެލައިޑް ހެލްތް ޕްރޮފެޝަނަލުން އެމީހުންގެ މަސައްކަތްކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން؛ (އ) އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެކަންކަން ތަންފީޛުކުރުމާއި، ގަވާއިދުން އެމީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދިޔުން؛ (ވ) އެލައިޑް ހެލްތް ޕްރޮފެޝަނަލުން އެމީހުންގެ ވަޒީފާ އަދާކުރާ ކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛ (މ) ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިޙާންތަކަށާއި، އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން؛ (ފ) ކައުންސިލްގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ތަޢާރުޟުނުވާނެ ގޮތެއްގެމަތިން، ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛ (ދ) އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އައު އުސޫލުތައް ތަޢާރުފުކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމަށްޓަކައި އުސޫލުތައް ތަޢާރުފުކުރުމާއި، އެލައިޑް ހެލްތް ޕްރޮފެޝަނަލުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ އުސޫލުތަކަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން؛ (ތ) ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛ (ލ) ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުން ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލާ ޙަވާލުކުރާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން؛ (ގ) ކައުންސިލްގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ނިސްބަތްވާ ކައުންސިލަށް އެމީހެއްގެ ފަންނީ ޢިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއި މުޙްތަރިފްކަމާ އެކުގައި ޚިދުމަތްކުރުން އަދި އޭނާއާ ޙަވާލުކުރެވޭ ކަންކަން އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛ (ޏ) އެއްވެސް މެންބަރެއްގެ އަމިއްލަ މަޞްލަޙަތެއް ނުވަތަ ދައުރެއްއޮތް މައްސަލައެއް ކައުންސިލުން ބަލާހިނދު، އެ މައްސަލަ ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެންނުވާނެއެވެ. އަދި ކައުންސިލުން ބަލާ މައްސަލައަކީ އެފަދަ މަޞްލަޙަތެއް ނުވަތަ ދައުރެއްއޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދު، އެ މައްސަލައަކީ އޭނާއާ ގުޅުމެއްއޮތް މައްސަލައެއްކަން ކައުންސިލްގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު އެއްކިބާވުން؛ (ސ) އިސްވެ ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވީ ކައުންސިލްގެ ރައީސަށް ކަމުގައިވާނަމަ، ކައުންސިލްގެ ނައިބު ރައީސަށް އެކަން އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އޭނާ އެއްކިބާވުން. |
މެންބަރުކަމުގެ ޝަރުޠު |
އެލައިޑް ހެލްތު ޕްރޮފެޝަނަލުން ކަމުގައި ވާންވާނީ ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތީގެ ޕްރޮފެޝަނަލުންގެ ތެރެއިން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ ޕްރޮފެޝަނަލުންނަށެވެ. |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެންބަރުކަމުގެ ސިފަތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
|
ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 13 ފެބުރުވަރީ 2025 ގެ 13:00 ގެ ކުރިން [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014340 ނުވަތަ 3014336 އެވެ. |