ދިވެހިރާއްޖެ
އިޢުލާން
ސައުތުއަރި މަރިން ޕްރޮޓެކަޓަޑް އޭރިއާ ބޭނުންކުރާ އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމާ ބެހޭ
ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާއަކީ ޤާނޫނު ނަންބަރު ޤާނޫނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު ) ގެ 4 ވަނަ މާއްދާގެ ދަށުން، 5 ޖޫން 2009ގައި، އިޢުލާން ނަންބަރު 138-EE/2009/19ން ހިމާޔަތްކޮށްފައިވާ، 'އަރި އަތޮޅު ދެކުނު ބުރީގެ ރަންގަލީ ފަރުގެ ބޭރު ހުޅަނގު އުރުތުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު" ގެ ސަރަހައްދެވެ. ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަންދި ކަމުގެ ސަބަބުން މި ސަރަޙައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަކޮށްލެވޭ ސަރަޙައްދެކެވެ.
ޤާނޫނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު ) ގެ ދަށުން ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާގައި ހިމެނޭ ޤުދުރުތީ ވަސީލަތްތަކާއި ދިރުންތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު، ބެލެހެއްޓުމާއެކު މި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށްކާތެރި މާޙައުލެއް ޤާއިމް ކުރުމުގެ ގޮތުން ސައުތުއަރި މަރިން ޕްރޮޓެކްޓަޑް ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން(WDDPA-ID-55556579/2025/V1) އާ އެއްގޮތްވާގޮތުގެ މަތިން ޑައިވިން އަދި ސްނޯކްލިން ކުރުމުގެ ބޭނުމަށް މިސަރަޙައްދަށް ވަންނަ އުޅަނދުފަހަރު މި އެޖެންސީގެ ސަމްޕާ ވެސެލް ރެޖިސްޓްރޭޝަން ޚިދުމަތުގެ ތެރެއިން ރަޖިސްޓަރ ކުރުމަށް އަންގަމެވެ. އަދި މި ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން ޝާޢިއު ކުރެވޭ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހެގެ ތެރޭގައި އިސްވެ ދެންނެވުނު ބޭނުންތަކަށް މި ސަރަޙައްދު ބޭނުންކުރާ އެންމެހާ އުޅަނދުފަހަރު ރަޖިސްޓްރޭޝަން ފުރިހަމަ ކުރަން ވާނެއެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ "OneGov" ޕްލެޓްފޯމް މެދުވެރިކޮށެވެ. " https://one.gov.mv/entities/EPA" މި ލިންކު މެދުވެރިކޮށް މި ޕްލެޓްފޯމްގައި މި އެޖެންސީއިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ފެންނަން ހުންނާނެއެވެ. ދިވެހިރާއްޖާގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި އެ ސަރަޙައްދުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ހެދިފައިވާ ޤާނޫނާއި، ގަވާއިދުތަކާއި އަދި އުސޫލުތަކަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް މި ފުރުސަތުގައި ގޮވާލަމެވެ.