މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ 'ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ)' ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 5 ޖޫން 2009 ގައި، ޙިމާޔަތްކޮށްފައިވާ 'ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ)' ގެ ދިރުންތަކާއި ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނީ، ޤުދުރަތީ ނުވަތަ ޠަބަޢީ ގޮތުން ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން، މިއުޢުލާނާއެކު ގެޒެޓް ކޮށްފައިވާ 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން' އާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ހަމަޖައްސައި، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 ފެބުރުވަރީ 2025
ހޯދާ