ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 5 ޖޫން 2009 ގައި، ޙިމާޔަތްކޮށްފައިވާ 'އަރިއަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރު ކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަޙައްދު' އަކީ 1 ފެބްރުއަރީ 2025 އިން ފެށިގެން 'ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ)' ކަމުގައި ހަމަޖައްސައި، މި ސަރަޙައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްސީލު ތިރީގައިވާ ގޮތަށް މުރާޖަޢާކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އެސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ޤުދުރަތީ ނުވަތަ ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން އެކުލަވާލާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.