އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ރައްޔިތުންގެ ބައްދަލުވުން

އިޢުލާން

 

ރައްޔިތުންގެ ބައްދަލުވުން

       ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ107   ވަނަ މާއްދާގައި ވާގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 14 ފެބުރުވަރީ 2025 ވާ ހުކުރު ދުވަހުގެރޭ 8:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ވާޗުއަލްކޮށް ބައިވެރިވުމަށް ބޭނުންވާ ލިންކް މިއިދަރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިބައްދަލުވުމުގައި 2024 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، މާލީ ރިޕޯޓް ހިއްސާކުރެވޭނެއެވެ.

            ވީމާ، މިބައްދަލުވުމުގައި ވީހާ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.

   30   ރަޖަބު   1446  

30   ޖަނަވަރީ  2025 

30 ޖަނަވަރީ 2025
ހޯދާ