އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ ހަންކެޑެ ބުރިޖް ސަރަހައްދުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމާއި ގުޅޭ

އިޢުލާން

 

އައްޑޫސިޓީ ހަންކެޑެ ބުރިޖް ސަރަހައްދުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމާއި ގުޅޭ

      އައްޑޫސިޓީ ގައި އަލަށް ހަދާފައިވާ ހަންކެޑެ ބްރިޖު އާއްމު ދަތުރު ފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވާތީ ބުރިޖާއި އަދި ބުރިޖާއި ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެންނަންޖެހޭ ބަދަލު 29 ޖަނަވަރީ 2025 ގައި ބޭއްވުނު ކައުންސިލްގެ 2025 ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ އިން ވަނީ ނިންމާފައެވެ.

ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލު:

  • މި އިޢުލާނާއެކު އާއްމުކުރެވިފައިވާ ޗާރޓާއި އެއްގޮތަށް މަރަދޫގެ ހިޔާ ފަންނު މަގު، ވައިފަހި މަގު އަދި ޖަމާލީ ގޯޅި ވަންވޭއަކަށް ހެދުން.
  • ޝަމްސުއްދީން ބޮޑުފަނޑިޔާރު ބޮޑު ތަކުރުފާނުމަގު (ލިންކް ރޯޑް) ހަންކެޑެ ކޯޒްވޭގެ މަރަދޫ އާއި ގުޅޭ ހިސާބުން މަގު ބަންދުކުރުން.
  • ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) އެއްގަމު އުޅަނދު ވަގުތީ ގޮތުން މަގުގެ އެއްފަޅީގައި ޕާކް ކުރާގޮތަށް ހަމަޖެއްސުން. އެގޮތުން ޕާރކްކުރާނީ ގަމުން ހިތަދޫއަށް އަންނައިރު މަގުގެ ވާތްފަޅިއަށްވާ ފަޅީގައި. މި މަގުގެ އަނެއްފަޅީގައި ޕާރކް ކުރުމަކީ މަނާ ކަމެއްކަމުގައި ކަނޑައެޅުން.
  • ދަންވަރު އެކެއްގެ ފަހުން ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) ދާއިމީ ގޮތެއްގައި ޕާރކް ކުރުން މަނާކުރުން.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30   ރަޖަބު   1446

30   ޖަނަވަރީ  2025 

30 ޖަނަވަރީ 2025
ހޯދާ