ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ތަކުގެ މަގު ސާފުކުރުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2025/04

ތާރީޚް:

‏ 30 ރަޖަބް 1446

 30 ޖަނަވަރީ 2025

ގޯތި ތަކުގެ މަގު ސާފުކުރުން

                   މިހާރަކަށް އައިސް މީހުން ދިރިއުޅެމުންގެންދާ ގޯތި ތަކާއި،މީހުން ދިރިނޫޅެ ފަޅުވެފައިވާ ގޯތިތަކުގެ އިތުރުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުނުކޮށް ވިނަގަސްފަޅާފައި ހުންނަކަން މިކައުންސިލަށާއި ރަށުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވަރަށްބޮޑަށް ފާހަގަކުރެވެއެވެ.އެގިވަޑައިގަންނަވާނޭ ފަދައިން ގޯއްޗާއި ގުޅިފައިވާ މަގުތަކާއި ގޯޅިތަކުން ދެބައިކުޅަ އެއްބައި ސާފުކޮށް ބެލެހެއްޓުމަކީ އެގޯއްޗެއްގެ ވެރިފަރާތުން ކުރަންޖެހޭނެ ކަމެއްކަމުގައި ގޯތި ހަވާލުކުރުމަށް ގޯތީގެ ވެރިފަރާތާއިއެކުވެވޭ އެއްބަސްވުމުގައިވެސް ބަޔާންކޮށްފައިވާނެވެ. ކަންމިހެން ހުރުމުން ގޯތީގެ މަގާއި،ގޯޅި ސާފުކުރުމަށް ގޯތި ތަކުގެ ވެރިންނަށް ތަކުރާރުކޮށް މިކައުންސިލުން ވާނީ ފާއިތުވި ތަނުގައި ސިޓީ ފޮނުވާ،އެކަން އަންގަވާފައެވެ. އެގޮތުން ބައެއް ގޯތިތަކުގެ ވެރިން ގޯތީގެ މަގާއި ގޯޅި ސާފުކުރިކަމުގައިވީނަމަވެސް ގިނަފަރާތްތަކުން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމުގައި ފާހަގަކުރަމެވެ.  ނަތީޖާ އެއްގެ ގޮތުން ރަށުގައި މީހުންދިރިއުޅޭ ގިނަ ސަރަހައްދުތަކުގެ މަގުމަތި ވަނީ ވިނަފަޅާ،ވަރަށްބޮޑަށް ޖަންގަލީވެފައެވެ.

           ވީމާ 2025 ފެބުރުއަރީ 15 ވަނަ ދުވަހުގެ ކުރިން ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުނުކުރާ ފަރާތްތަކުން އެފަދަ މަގުތައް ސާފުކުރުމަށް ދެންނެވީމެވެ. މިމުއްދަތުގައި މަގުތައް ސާފުނުކުރާ ފަރާތްތައް މަގުމަތި ކުނިކެހުމާބެހޭ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައިބަޔާންކޮށްފައިވާ ގޮތުގެމަތިން -/50 ( ފަންސާސް ރުފިޔާ) އާއި -/500 (ފަސްސަތޭކަ ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެވާހަ ދެންނެވީމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

                                                           މުޙައްމަދު ޝިފާގް

                                                          ކައުންސިލް މެމްބަރ

30 ޖަނަވަރީ 2025
ހޯދާ