ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސްތަކުގެ ވެރިން ހޯދުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2025/03

ތާރީޚް

‏ 30 ރަޖަބް 1446

 30 ޖަނަވަރީ 2025

ރުއްގަސްތަކުގެ ވެރިން ހޯދުން

                   މިރަށު އާސާރީ މިސްކިތުގެ އިރުމަތީ ފަރާތުގައި، އާގަބުރުސްތާން އެޅުމަށް ހަމަޖެހިފައިވާ ބިމާއި އެބިމާއި ގުޅިފައިވާ ކާންޒީމަގުގައި ހުރި ރުއްގަސްތަކުގެ ވެރިން ހޯދުމަށް ބޭނުންވާތީ އެބިމުގައި ވާ ރުއްގަހުގައި މިކައުންސިލުން ވާނީ  ދަވާދުން ނަންބަރު ޖަހާފައެވެ. 

                     ވީމާ މިނަންބަރުތައް ޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 2025 ފެބުރުއަރީ 10 ވާ ހޯމަ ދުވަހުގެ 14:00 ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. ރުއްގަހުގެ މައުލޫމާތު ފޯރުކޮށްދެއްވާއިރު މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިބަޔާންކޮށްފައިވާ ގޮތުގެ މަތިން ރުއްގަސް ރަޖިސްޓްރީ ކޮށްފައިވާކަން އެގޭނެ ލިޔުން ނުވަތަ ޝަރުއީ ކޯޓެއްގެ ލިޔުން ހުށައެޅުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި ރުއްގަހުގެ ވެރިފަރާތުން މިކައުންސިލަށް މަޢުލޫމާތު ފޯރުކޮށްދީފައި ނުވިނަމަވެސް، ދެންނެވިފައިވާ ބިމާއި،މަގު ސާފުކުރުމުގެ ގޮތުން، އެތާގައިވާ ރުއްގަސް ނެގޭނެކަމުގައި ދަންނަވަމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

                                                   މުޙައްމަދު ޝިފާގް

                                                   ކައުންސިލް މެމްބަރ

30 ޖަނަވަރީ 2025
ހޯދާ