ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

       އިޢުލާން

ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

  1. މިމަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްޞީލް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން  2025 ޖެނުއަރީ 30 އިން 2025 ފެބްރުއަރީ 04 ގެނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް " ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް ލިންކް: https://forms.gle/81xFTVL911qpiadW9

 

  1. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2025 ފެބްރުއަރީ 05 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
  2. މި ބީލަމުގެ ޕްރީބިޑް މީޓިންއެއް ނޯންނާނެއެވެ.
  3. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  2025 ފެބްރުއަރީ 11 ވާ އަންގާރަ ދުވަހުގެ13:00ގައި ހދ. އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
  4. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  5. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ. އަތޮޅު މަދަރުސާ

ހދ. ވައިކަރަދޫ، ދިވެހިރާއްޖެ

ފޯން: 6520056

އީ-މެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ޖަނަވަރީ 2025
ހޯދާ