ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2025/02 |
ތާރީޚް |
30 ރަޖަބް 1446 |
|
30 ޖަނަވަރީ 2025 |
މަގުމަށްޗަށް ނިކުމެފައިވާ ރުއްގަސްތައް ކޮށުން
މިހާރަކަށް އައިސް ހިނގާ ބިނގާ އުޅޭ ފަރާތްތަކަށާއި،އެއްގަމުގައި ދުއްވާ އުޅަނދުފަހަރުތައް ދުއްވުމުގައި އުނދަގޫވާގޮތަށް ރުއްތަކުގެ ފަންތަކާއި،ގަސްގަހުގެ ގޮފިތަށް މަގުމަށްޗަށް ނިކުމެފައި ހުންނަކަމުގެ ޝަކުވާ މިކައުންސިލަށްދަނީ ގިނަ ޢަދަދަކަށް ލިބެމުންނެވެ. އަދި މީގެ އިތުރުން މަގުމަތީގައި ބަހައްޓައިގެން އެކިވަށްތަރުގެ ތަރުކާރީ އާއިމޭވާ އަޅާ ގަސްތައް އިންދާ،އެއަށް ގިނަ އަދަދަކަށް ކެމިކަލް އެކުލެވިގެންވާ ބޭސްޖަހަމުންގެންދާތީ އެކަމުގެ ޝަކުވާވެސް މިކައުންސިލަށް ދަނީ ލިބެމުންނެވެ.
ވީމާ،10 ފެބުރުއަރީ 2025 ވަނަ ދުވަހުގެ ކުރިން މަގުމައްޗަށް ނިކުމެފައިވާ ރުއްތަކުގެ ފަންތަކާއި،ގަސްގަހުގެ ގޮފިތަށް ބިމުން ފެށިގެން 15 ފޫޓުގެ އުސްމިން ހުންނަވަރަށް ކޮށައި ސާފުކުރުމަށް ދަންނަވަމެވެ. އަދި މަގުމަތީގައި ބަހައްޓައިގެން ބޭސްޖަހައިގެން ހައްދަމުންގެންދާ ގަސްތައްވެސް މަގުމަތިން ނަގައި ސާފުކުރުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މުޙައްމަދު ޝިފާގް
ކައުންސިލް މެމްބަރ