މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ޤާއިމްކުރާ އޭޓީއެމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން            

ވާދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ޤާއިމްކުރާ އޭޓީއެމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ރ. ވާދޫގައި ބޭންކު އޮފް މޯލްޑިވްސްއިން ޤާއިމްކުރާ އޭޓީއެމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރައްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާފަރާތްތަކަށް މައުލޫމާތު ކަރުދާސް ހިއްސާ ކުރެވޭނެއެވެ.

މިމަސައްކަތަށް އަގު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ފެބުރުއަރީ 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2025 ފެބުރުއަރީ 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.

 

ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމެޓާއި އެއްގޮތަށެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

30 ޖަނަވަރީ 2025
ހޯދާ