ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން
ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ބައެއް ސަރަހައްދުތަކަށް ބަދަލު ގެންނަންބޭނުންވާތީ އެކަމާ މަޝްވަރާކުރުމުގެ ގޮތުން ރައްޔިތުންނާ ބައްދަލު ކުރަން ބޭނުންވެއެވެ.
އެޖެންޑާ:
• މިހާރު ރަށުގެ ދެކުނު ފަޅީގައި އިމާރާތް ކުރަމުންދާ އައު މިސްކިތުގެ ދެކުނު ފަރާތުން 15 ފޫޓުގެ ބިމެއް މިސްކިތުގެ ބައުންޑަރީއަށް އިތުރުމަށް އެމްއޯޖީ(މިސްކިތް އިމާރާތް ކުރަމުންދާ ފަރާތް) އިން ބިން އިތުރު ކުރުމަށް އެދިފައިވާތީ މިކަމާމެދު ގޮތެއް ނިންމުން
• ތ.މަޑިފުށީ ސުކޫލު ދަރިވަރުން އިތުރު ހަރަކާތްތައް ހިންގުމައް ބިމުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ބިން އިތުރު ކޮއްދިނުމަށް މަޑިފުށި ސުކޫލުން އެދިފައިވާތީ މިކަމާމެދު ގޮތެއް ނިންމުން
ތަން: މަޑިފުށީ ކައުންސިލުގެ އިދާރާ
ގަޑި: 10:30
ތާރީޙް: 3 ފެބްރުއަރީ 2025
ވީމާ، ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުމަކީ މިކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.
30 ޖަނަވަރީ 2025
ހޯދާ