މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ.ޓީ.އެމް ބަހައްޓާ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ.

 

އިޢުލާން

 

 

އޭ.ޓީ.އެމް ބަހައްޓާ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ.

 

            ރ. ރަސްގެތީމުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 03 ފެބްރުވަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ސާފުކޮށް، ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން އެދެމެވެ. ރަޖިސްޓްރީވުމަށް މި އިދާރާގެ މެއިލް [email protected] އަށް މެއިލްކުރެއްވުން ނުވަތަ މި އިދާރާގެ މޯބައިލް 9777183 ނަންބަރާއި ގުޅުންވުން އެދެމެވެ.  ރަޖިސްޓްރީނުވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތްކޮށްދިނުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް އީމެއިލްގެ ޒަރީއާއިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އޭޓީއެމް ބަހައްޓާ ޢިމާރާތުގެ ފައުންޑޭޝަން އެޅުމަށް ކޮނުމާއި، 50 އެމް.އެމްގެ ލީން ކޮންކުރިޓް އަޅާ ފައުންޑޭޝަން ބީމް ކޮންކްރީޓް ކުރުމާއިއެކު ފައުންޑޭޝަންގެ މަސައްކަތާއި ޢިމާރާތުގެ ބޭރުން ވަށައިގެން 12 އިންޗި، 3 އިންޗި ބޯމިނުގެ ކޮންކްރިޓް ތަޅުން އަޅައި ލެވެލްކޮށް އެންމެހައި މަސައްކަތެއް ކުރެހުމުގައި ދައްކާފައިވާ ގޮތަށްކޮށް ނިންމުން (މި މަސައްކަތް ކުރާނީ ކޮންޓްރެކްޓަރގެ އަމިއްލަ ޚަރަދުގައި)

ޢިމާރާތުގެ ބޭރުތަޅުމާއި، އަދި ޢިމާރާތަށް ވަންނަ ހަރުފަތާއި ރޭމްޕް، ބޭރުފާރުގެ ތަޅުމުން ތިރީގެ ފާރާއި ޕްލާންޓް ބޮކްސް، އެތެރެއާއި ބޭރުގައި މުށިޖެހުމުގެ އެންމެހައި މަސައްކަތް ދީފައިވާ ކުރެހުމާއި އެއްގޮތަށް ކޮށްނިންމުން. (ބޭންކުން ޓައިލްސް ދިނުމުން)

 

ސަމާލު ކަންދޭންޖެހޭ ކަންކަން

މުޅި މަސައްކަތުގެ ޖުމުލަ އަގު ހިމެނޭ ގޮތަށް އަގު ހުށަހެޅުން.

އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދިނުމަށް މަސައްކަތުގެ އަގާއި ތަކެތީގެ އަގު ހިމަނައިގެން އަގު ހުށަހެޅުން

މަސައްކަތުގެ ކޮންކްރިޓް ރޭޝިއޯ އަކީ 1:2:3 (1 ސިމެންތި، 2 ހިލަވެލި، 3 ހިލަ)

ކޮންކްރިޓް މަސައްކަތަށް ބޭނުން ކުރާނެ ދަގަނޑުގެ ސައިޒުތަކާއި މިންތައް ކުރެހުމުގައި ބަޔާން ކުރެވިފައިވާތީ، ކުރެހުމުގައިވާ ގޮތަށް އެމަސައްކަތް ކުރުން.

 

މަސައްކަތަށް ބޭނުންވާ ތަކެތި

މި މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ހޯދާނީ މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތުންނެވެ.

މަސައްކަތަށް ބޭނުންވާ ކަރަންޓާއި ފެން ހޯދާނީ ކޮންޓްރެކްޓަރ އަމިއްލައަށެވެ.

ޓައިލްސް ޖެހުމަށް ބޭނުންވާ ޓައިލްސް ބޭންކް އޮފް މޯލްޑިވްސް ފޯރުކޮށް ދެވޭނެއެވެ. އަދި މަސައްކަތަށް ބޭނުންވާ އެންމެހައި ހުއްދަތަށް ނެގުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށް ދެވޭނެއެވެ.

ކަރަންޓް ގުޅުމަށް މަގުމަތީ ވަޅުލާ ކޭބަލްގެ އަގާއި ވަޅުލުމުގެ މަސައްކަތު އަގު މި މަސައްކަތަށް ހުށަހަޅާ އަގުގެ ތެރޭގައި ނުހިމެނެއެވެ.

 

އިވެލުއޭޝަން ކްރައިޓީރިއާ

މަސައްކަތުގެ އަގު:  85% ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން)

މުއްދަތަށް:        10% ޕޮއިންޓް (އެކަށީގެންވާ އެންމެ ކުރު މުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)

ތަޖްރިބާ:         5% ޕޮއިންޓް (މި އިޢުލާން ކުރި ތާރީޚުން ފެށިގެން ވޭތުވެ ދިޔަ 3 އަހަރު ދުވަހު ކޮށްފައިވާ މި ބާވަތުގެ މަސައްކަތަށް، 15000.00 ހާހުން މަތީގެ ކޮންމެ މަސައްކަތަށް 1 ޕޮއިންޓް، ގިނަވެގެން ދެވޭނީ 5 ޕޮއިންޓް)

ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 04 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 އަށް މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން މަސައްކަތްކޮށްދެވޭނެ އަގަކާއި މުއްދަތު ބަޔާންކޮށް ކޯޓޭޝަނެއް ހުށައެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަނާއެކު ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، އަދި ބަދަލުގައި ފޮނުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓާރނީ ދިންކަމުގެ ލިޔުމާއި އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            30  ރަޖަބް 1446

            30 ޖަނަވަރީ 2025

30 ޖަނަވަރީ 2025
ހޯދާ