މަޤާމު
|
ޓެކްނީޝަން
|
މަޤާމް ގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް.އެސް 1
|
މަސައްކަތު ގަޑި:
|
ޝިފްޓް ޑިއުޓީ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ޑިވިޝަން / ސެކްޝަން
|
މެއިންޓެނަންސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް
|
މުސާރަ:
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
މަހަކު -/700 ރުފިޔާ
|
ރިސްކް އެލަވަންސް:
|
-/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 1963.50 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އިތުރު އިނާޔަތްތައް
|
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މެއިންޓެނަންސް ޑިވިޛަންގެ ޓެކްނީޝަނެއްގެ ހައިސިއްޔަތުން ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވާ ހިންގާ އަދި މޮނިޓަރ ކުރުން
- ހުޅުމާލެ ހޮސްޕިޓަލުން ހިންގާ އެންމެހާ ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް އެހީތެރިކަން ދިނުން
- އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި، ކަރަންޓް ވައިރުކުރަން ބޭނުންވާ ތަކެތި ހޯދުމުގައި އެޙީތެރިކަން ފޯރުކޮށްދިނުމާއި އަދި އަދި ޑިވިޛަން ހެޑް ގެ އިރުޝާދުގެ ދަށުން މަސައްކަތްތައް ރާވާ ހިންގުން.
- އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި، އެއަރކަންޑިޝަނިންގ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި އެޙީތެރިކަން ފޯރުކޮށްދިނުމާއި، ކުރާނެގޮތް ކަނޑައެޅުމާއި، އަދި ޑިވިޛަން ހެޑްގެ އިރުޝާދުގެ ދަށުން މަސައްކަތްތައް ރާވާ ހިންގުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ މެކޭނިކަލް މަސައްކަތްތަކަށް އެޙީތެރިކަން ފޯރުކޮށްދިނުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ ކަރަންޓް އަދި އެއަރ ކޮންޑިޝަނިންގގެ މަސައްކަތްތައް ކުރުމަށް ސްޓާފުން ކަނޑައެޅުމުގައި ސުޕަވައިޒަރާއި އެކުގައި މަޝްވަރާކޮށް އެމަސައްކަތްތައް ކުރުމާއި އަދި ސުޕަރވައިޒް ކުރުން.
- ހޮސްޕިޓަލުގެ ބެކްއަޕް ޖެނެރޭޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ރޫޓިންގކޮށް ކުރަންޖެހޭ މެއިންޓެނަންސް ސާރވިސް ކުރުމަށް މުވައްޒަފުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
- މެއިންޓެނަންސް ޑިވިޛަންގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަށް އެޙިތެރިކަން ފޯރުކޮށްދިނުން.
- ޑިވިޛަންގެ ހެޑް ހަވާލުކުރާ މަސައްކަތްތައް ފަރުވާތެރިކަމާއި އެކުގައި ކުރުމާއި އަދި އެކަން ނިމުމުން ވީހާވެސް އަވަހަކަށް ރިޕޯޓް ކުރުން.
- ކުރެވޭ މަސައްކަތްތަކުގެ ލޮގް ދުވަހުން ދުވަހަށް އެޗް.އޯ.ޑީ އަށް ނުވަތަ އެޗް.އޯ.އެސް.އަށް ރިޕޯޓް ކުރުން.
- މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތައް ވީހާވެސް އަވަހަކަށް ޑިވިޛަންގެ ހެޑްއަށް އެންގުން.
- މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަންތައްތައް ކުރަން ހަމަޖެހިފައިވާ ޤަވާޢިދުތަކާއި، އުޞޫލުތަކާއި އެއްގޮތަށް ފަރުވާތެރިކަމާއެކު ކުރުން.
- ހޮސްޕިޓަލުގައި ދިމާވާ އިމަރޖެންސީތަކުގައި ވީހާވެސް އަވަހަކަށް (ލަސްވެގެން 10 މިނިޓްތެރޭގައި) ހޮސްޕިޓަލަށް ހާޒިރުވެ، މަސައްކަތް ފެށުން.
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.
|
މަޤާމުގެ ޝަރުތު
|
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ހާޞިލްކޮށްފައިވުން.
މަގާމުގެ ތައުލީމީ ރޮނގުތައް:
އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
މެކޭނިކަލް އިންޖިނިއަރިންގ
ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ފެބްރުއަރީ 09 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|