ދިވެހިރާއްޖެ
އިޢުލާން
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު IUL)310-CA/310/2015/34) އިޢުލާނުގައި، މަޤާމާ ގުޅޭ ދާއިރާތައް ކަނޑައަޅާފައި އެ ދާއިރާތައް އެ އިޢުލާނުގައި ހިމަނާފައި ނުވުމުން، މަޤާމު ހަމަޖެއްސުމުގެ ކަންކަން ކުރިޔަށް ގެންދެވެން ނެތްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގަވާފައިވުމުން، އެ އިޢުލާނު ބާޠިލްކޮށް، އެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 އޮފީސް / އިދާރާ:  | 
 މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ  | 
| 
 ސެކްޝަން:  | 
 ކޯޕަރޭޓް އެފެއާޒް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ  | 
| 
 މުސާރަ:  | 
 މަހަކު -/4،465 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 1- ހިންގުމުގެ ދާއިރާ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ނުވަތަ އެޑްމިނިސްޓްރޭޓިވް ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ނުވަތަ އެޑްމިނިސްޓްރޭޓިވް ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1. ރަށު ކައުންސިލްގެ އިދާރާ ހިންގުމުގައި ބޭނުންވާ އިދާރީ ލިޔެކިޔުންތައް ތައްޔާރުކުރުން. އޭގެ ތެރޭގައި: - އެކި އެކި ވުޒާރާތަކަށް މަޢުލޫމާތު ދިނުމުގެ ގޮތުންނާއި، މަޢުލޫމާތު ހޯދުމުގެގޮތުން ކޯޕަރޭޓް އެފެއާޒް ޔުނިޓުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން. 2. ކައުންސިލް ބޭނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުން. އޭގެ ތެރޭގައި: - އިދާރީ ހިންގުމުގައި ކައުންސިލްގެ ރައީސްގެ ފަރާތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން. - ކައުންސިލުން ފޮނުވާ އެކިއެކި ޑްރާފްޓްތައް ލިޔެ ތައްޔާރުކުރުން. - ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ބައްދަލުވުންތަކާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން. - ކައުންސިލް މެންބަރުންގެ ހާޒިރީ ތައްޔާރުކޮށް ބެލެހެއްޓުން. - މުވައްޒަފުންނާ ގުޅޭ އިދާރީ އެހެނިހެން ލިޔެކިޔުންތައް، ޒިންމާދާރުވެރިޔާގެ އިރުޝާދުގެދަށުން ބެލެހެއްޓުން. - ކޮންމެ ދުވަހަކުވެސް އޮފީހުގެ އީމެއިލް ޗެކްކުރުމާއި، ޖަވާބު ދޭންޖެހޭ މެއިލްތަކަށް ޖަވާބުދިނުމަށް، ކަމާބެހޭ ޑިޕާޓްމަންޓް، ސެކްޝަން، ޔުނިޓް، ދާއިރާތަކަށް ފޯވާޑްކުރުމާއި، އަވަސް މެއިލްތައް، ވެރިންގެ ސަމާލުކަމަށް ގެނައުމާއި، ސެކްޝަނަށް އަންނަ މެއިލްތަކަށް ޖަވާބު ތައްޔާރުކުރުމުގެ ކަންތައް ވެރިއަކަށް ދަންނަވައިގެން ކުރުން. - ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތިން، ވެރިން އަންގަވާ، އިދާރާގެ މަސައްކަތްތައް ކުރުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
| 
 އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވާންވީ ތަނާއި ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2015 އޮގަސްޓު 5 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އެވެ. ފޯމު ހުށަހަޅާނީ، މާޅޮސްމަޑުލު އުތުރުބުރީ މީދޫކައުންސިލްގެ އިދާރާއަށެވެ. މެއިލްކުރާނަމަ، [email protected] މި މެއިލް އެޑްރެހަށެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ރ. މީދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ) 5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)  | 
| އިތުރު މަޢުލޫމާތު: | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 6580020 ނަންބަރު ފޯނާ ރަސްމީގަޑީގައި ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6580020 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.  | 
5 ޝައްޥާލް 1436
