ދިވެހިރާއްޖެ
ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލުގެ ދަށުން މިރަށުން އަސާސީ ދަނޑު ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި 06 ނޮވެންބަރު 2024 ގައި މި އިދާރާއިން ކުރި ނަންބަރު (IUL)278/278/2024/44 އިޢުލާނާއި ގުޅިގެން އަސާސީ ދަނޑު ނެގުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާކަމަށް އިވެލުއޭޝަން ކޮމިޓީން ނިންމާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މި އިޢުލާނާ އެކު ޢާންމުކުރަމެވެ.
އެހެންކަމުން މިލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ 04 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ ޝަކުވާއެއް މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ޝަކުވާ ހުށަހަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. ޝަކުވާ ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާ އެކު ޝަކުވާ ހުށަހަޅާ ފޯމު ޢާންމުކުރެވިފައި ވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.