މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީ އާއި ފަތްމިނި އެސޯސިއޭޝަން ގުޅިގެން ކައްކަން ދަސްކޮށްދޭ ޕްރޮގުރާމެއް ހިންގުމާ ގުޅޭ

އިޢުލާން

އ.ތ.މ ކޮމެޓީ އާއި ފަތްމިނި އެސޯސިއޭޝަން ގުޅިގެން ކައްކަން ދަސްކޮށްދޭ ޕްރޮގުރާމެއް ހިންގުމާ ގުޅޭ

މާކުރަތު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފަތްމިނި އެސޯސިއޭޝަން ގުޅިގެން މިރަށުގައި ތަފާތު ކެއްކުން ދަސްކޮށްދޭ ( ރެސްޓޯރެންޓް ސްޓައިލް ސެޓްމީލް އަދި ޑްރިންކްސް ) ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2025 ން 28 ފެބްރުއަރީ 2025 ށް 08 ދުވަހުގެ މުއްދަތަކަށެވެ. އަދި މި ކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން -/800 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.  

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން 6584030 އަށް ގުޅުއްވާ ނަންނޯޓުކުރެއްވަށް އެދެމެވެ. އަދި މިކޯހާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 9726728 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ރަޖަބު 1446

29 ޖަނަވަރީ 2025
ހޯދާ