ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ވެރިން ގޯތިގެދޮރުގެ ބޭނުންތަކުގެ ނަމުގައި ގެނެސްހުންނަ/ އަދި، ގެންނަމުންދާ ވެއްޔާއި ގުޅޭ.

މިހާރަކަށް އައިސް ރަށުގެ މީހުންދިރިއުޅެމުންދާ ސަރަހައްދު ގެތަކާއި ގޯތިތަކަށާއި އަދި، މީހުން ދިރިނޫޅޭ ގޯތިގޯއްޗަށް ވެލިއެޅުމާއި އެނޫންވެސް ބޭނުންތަކުގެ ބޭނުމުގައި އެމް.ޓީ.ސީސީގެ ވެހިކަލްގައި ވެލިފުނިން ގިނަ ޢަދަދުތަކުން ވެލިއަޅާ ފުނި ޖެހުމުގެ ސަބަބުން މަގުގޯޅި ތަކުން ބޮޑުބައެއް ގެއްލި ދުއްވާތަކެއްޗާއި ހިނގާއުޅޭ މީހުންނަށް ދަތިވަމުންދާކަމުގެ ޝަކުވާ މިކައުންސިލަށްދަނީ ލިބެމުންނެވެ. އަދި، މިފަދަ ވެލިފުނިތަށް ގެނެސް އޭގެ ބޭނުންތަށް ނުހިފާ ގިނަދުވަސް ތަކެއްވާންދެން ބަހައްޓަފައި ހުންނަކަން މިކައުންސިލަށް ވަނީފާހަގަ ކުރެވިފައިއެވެ. އެހެން ކަމުން ބޭނުމެއް ނެތްގޮތުގައި ޢާއްމުންނަށް އުދަގޫވާ އުޞޫލުން ގިނަދުވަހަށް ސްޓޮކްކޮށްފަ ބަހައްޓާ އުޞޫލުން އެއްވެސް ގޯއްޗެއްގެ މަގާއިގުޅޭ ހިސާބަށް ވެލިފުނިޖަހާ ބެހެއްޓުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި، ދަންނަވަމެވެ، މިހާރު މިގޮތަށް ހުރި ވެލި ފުނިތަށް ލަސްވެގެން 10 ދުވަހުގެތެރޭ ނެންގެވުމަށާއި ނޫނީ ފަތުރާލެއްވުމަށް ދަންނަވަމެވެ.

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

                          

                           29 ރަޖަބު   1446

29 ޖަނަވަރީ 2025
ހޯދާ