ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންނާއި ދަތުރުފަތުރު ކުރައްވާ ފަރާތްތަކުގެ ސަމާލުކަމަށް

    މިހާރަކަށް އައިސް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް ރާއްޖޭގެ މަސްވެރިންގެ އުޅަނދުފަހަރުން އަރާ އެފަދަ އުޅަނދުތައް ހިފަހައްޓަމުން ގެންދާކަމާއި، މިފަދަ ގޮތްނޭނގޭ އުޅަނދުފަހަރުގައި ނުރައްކާތެރި ކުށްވެރިން މަދުންނަމަވެސް ތިބޭކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ފާހަގަކުރައްވާފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް އިން އަންގާފައިވެއެވެ.

    ވީމާ، މިފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެނަމަ އެފަދަ އުޅަނދުފަހަރަށް އެރުމުގެ ބަދަލުގައި ލަސްނުކޮށް ކޯސްޓްގާޑަށް (ފޯން ނަންބަރު 3395981) ނުވަތަ ކޯސްޓްގާޑުގެ ހޮޓްލައިން (191 (ނުވަތަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިކަމާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް އަތޮޅު ކައުންސިލުން އަންގާފައިވާތީ، މަސްވެރިންނާއި ދަތުރުފަތުރު ކުރައްވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                                  29  ރަޖަބު  1446

29 ޖަނަވަރީ 2025
ހޯދާ