ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގައި ޢިމާރަތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމާ ގުޅޭ

އިޢުލާން

  ތިނަދޫ ސިޓީގައި ޢިމާރަތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމާ ގުޅޭ

           ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ތިނަދޫ ސިޓީ ކައުންސިލާއި ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން ، ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި، ތިނަދޫ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ އެހެނިހެން ދިވެހި ރައްޔިތުންނަށް ޚާއްސަކޮށްގެން ތިނަދޫ ސިޓީގައި ސަރުކާރުން ޢިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު 29 ޖެނުއަރީ 2025 ވަނަ ދުވަހުގެ 13:00ން ފެށިގެން 30 އޭޕްރިލް 2025 ވާ (ބުދަ) ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލަމެވެ.

ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 03 ކެޓަގަރީއަކަށް ބަހާލައިގެން  ކެޓަގަރީ A (ތިނަދޫ ރައްޔިތުންނަށް ޚާއްސަ ކުރެވޭ ކެޓެގަރީ)، ކެޓަގަރީ B (ތިނަދޫ ދަފްތަރު އަދި ތިނަދޫ ސިޓީއަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކުގެ ކެޓެގަރީ) ، ކެޓަގަރީ C (ތިނަދޫގެ އާބާދީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ތިނަދޫ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކެޓެގަރީ ) ތިނަދޫ ސިޓީ ކައުންސިލްގެ ހައުސިންގ ޕޯޓަލް " www.housing.thinadhoo.gov.mv " އިންނެވެ. މިއިޢުލާނާއެކު 200 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ތިނަދޫ ސިޓީ ކައުންސިލްގެ ހައުސިންގ ޕޯޓަލްއިން ފެންނަންހުންނާނެއެވެ. މީގެ އިތުރުން، ފޯމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމާއި، އެ ޝަކުވާތަކަށް ދެވޭ ޖަވާބުތަކާއި، އަދި ކަމާ ގުޅޭ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްތަކުގެ ތަފްޞީލު ފެންނަން ހުންނާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަން އަޅުގަނޑުމެން އުފަލާއެކު ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

29 ޖަނަވަރީ 2025
ހޯދާ