ދިވެހިރާއްޖެ
ޢާއްމު އެންގުން
1. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިކަމުގެ މަޝްރޫޢުއެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
2. މި މަޝްރޫޢުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ޤާއިމްކުރުމުގެ މަސައްކަތެވެ. އަދި މީގެ ތަފްސީލް އެނެކްސް 1 ގައި ބަޔާންކުރެވިފައިވާނެއެވެ. މިގޮތުން މި މަޝްރޫޢުގެ ދަށުން އިޢުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ (ގަވާއިދު ނަންބަރު: R-158/2023) ގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.
3. ޝައުޤުވެރިވާ ބީލަންވެރިންނަށް އެނެކްސް 2 ގައި ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ. ފައިނޭންޝަލް މޮޑެލްތަކާއި އެ މޮޑެލްތަކުގެ ތަފްސީލީ މަޢުލޫމާތު މި މަޝްރޫޢުގެ ދަށުން ކުރެވޭ އިޢުލާންތަކުގެ ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓިސްތަކާއެކު ފޯރުކޮށްދެވޭނެއެވެ. ފައިނޭންސިންގ މޮޑެލްތަކަށާއި ބީލަން ހުށަހެޅުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ބީލަންވެރިންގެ ޝަރުޠު ހަމަވުން ބިނާވެގެންވަނީ އެނެކްސް 2 ގައި ކަނޑައަޅާފައިވާ ކޮންޓްރެކްޓް ކެޓަގަރީތަކަށެވެ.
4. ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ޚާއްޞަ ޕްރޮކިއުމަންޓް ނޯޓިސްތައް، ފެބްރުއަރީ 2025 ގައި، އިޢުލާންކުރެވޭނެއެވެ.
5. ޕްރީ-ކޮލިފިކޭޝަނަށް ދަޢުވަތު ދިނުމަށް މެއިލިންގ ލިސްޓުގައި ހިމެނުމަށް އެދޭ ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ބީލަންވެރިން، ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު،
ނޭޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
އަމީނީމަގު، މާލެ 20379،
ދިވެހިރާއްޖެ
ޓެލެފޯން: (+960) 3349102, (+960) 3349106
ފެކްސް: (+960) 3324432
އީ މެއިލް: [email protected]