ދިވެހިރާއްޖެ
އައްޑޫސިޓީގެ ފޭދޫ އަވަށު ހުކުރުމިސްކިތުގެ ގޯތިތެރޭގައި ހުރި ފެންތާނގީތައް ހިޔާކޮށްދޭނެ ފަރާތެއް ހޯދުން
އައްޑޫސިޓީގެ ފޭދޫ އަވަށު ހުކުރުމިސްކިތުގެ ގޯތިތެރޭގައި ވާރޭފެންނަގަން ބަހައްޓާފައިހުރި ތާނގީތައް ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)426-EB/1/2015/70) އިޢުލާނަށް ހުށަހެޅިފައިވާ ބިޑްތައް ބަޖެޓަށްވުރެ ބޮޑުކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، މި ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
07 ޝައްވާލު 1436